ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލާޝިޕް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

361291 3b8f31e3 7
TTH_Ads
Maldivian_Ads
STO_Ads
Advertisement

މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލާޝިޕް ނުވަތަ ޕްރެޒިޑެންޝިއަލް ސްކޮލާޝިޕަށް ޝަރުތުހަމަވާ ދަރިވަރުން އެ ސްކޮލާޝިޕަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލައިފިއެވެ.

މި ސްކޮލާޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ގައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު، ސަރުކާރުން ހަމަޖައްސައިދޭނެއެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ސްކޮލާޝިޕަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަސް ކަމަށެވެ. ޕްރެޒިޑެންޝިއަލް ސްކޮލާޝިޕްގެ އިތުރުން ހައި އެޗީވާސް ސޮކްލާޝިޕަށްވެސް ކުރިމަތިލުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

ޕްރެޒިޑެންޝިއަލް ސްކޮލާޝިޕް ލިބޭނީ ޝަހާދާ ސާނަވިއްޔާ އިމްތިހާނުގައި ކިޔެވި ސްޓްރީމްގައި ކިޔަވަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފައިވާ ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދާފައިވުމާއެކު އެޗްއެސްސީގެ ދިވެހި މާއްދާއިން އޭ ސްޓާ ހޯދާފައިވާ ދަރިވަރުންނަށެވެ.

HajjCop_ads
Advertisement

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި މި ފުރުސަތުގެ ބޭނުން ހިފައި ކިޔަވަން ފަށަން ލާޒިމުކުރާތީ، ވީ އެންމެ އަވަހަށް ދަރިވަރުން މިކަން ކުރިއަށް ގެންދިއުމަށް އެދިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ލިބޭ ދަރިވަރުން ބޭނުންދާއިރާއަކުން ކިޔެވުމުގެ ފުރުސަތު މި ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ. މިއީ ރާއްޖޭގައި އުފެއްދުންތެރި ޖީލެއް ބިނާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެޅުއްވި ހަރުދަނާ ފިޔަވަޅެކެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

471947 631ab307 e

ޤައުމީ ވަޤުފު ކުންފުނީގެ ސަބަބުން ދީނީ ކަންކަމަށް އައު ދިރުމެއް ލިބޭނެ: ރައީސް

Igmh

ދުނިޔޭގެ ކުރިމަތީގައި ޤައުމުގެ އިތުބާރު ހިފެހެއްޓުމަށް ހަރުދަނާ ފުލުހުންގެ ޚިދުމަތެއް މުހިންމު: ރައީސް

470712 6a905dfc 0

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޝުޢައިބު ޔޫސުފް އައްޔަނުކުރައްވައިފި

Sii

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅުތަކަކީ ދިރާސާކުރުމަށްފަހު އަޅާ ފިޔަވަޅުތަކެއް: ރައީސް