ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސުޕްރީމް ކޯޓްގެ ނިންމުމަށް ކޮންގްރެސް ޕާޓީން މަރުޙަބާ ކިޔައިފި

PNC
STO_Ads
TTH_Ads
Advertisement

ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ހަ ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން އިންތިޚާބު ކުރެއްވި ރައްޔިތުންގެ ނިންމުމާ ދެކޮޅަށް، ސިޔާސީ ޕާޓީ ބަދަލުކުރެއްވުން ދުސްތޫރީ ގޮތުން މަނާވާނެ ގޮތަށް ގެނެވުނު އިޞްލާޙު ދެމެހެއްޓެވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުުން ނިންމި ނިންމުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އިން މަރުޙަބާ ކިޔައިފި އެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓުގެ މިއަދުގެ ނިންމެވުމުގައި ފާހަގަކުރެއްވި މުހިއްމު ނުކުތާތަކުގެ ތެރޭގައި، އެންޓި-ޑިފެކްޝަން ނުވަތަ ޕާޓީ ބަދަލުކުރުން މަނާކުރުމުގެ އުޞޫލަކީ ދުނިޔޭގެ ޑިމޮކްރެޓިކް ޤައުމުތަކުގައި ތަންްފީޒުކުރެވޭ އުޞޫލެއްކަމާއި، ދިވެހިރާއްޖެފަދަ ރިޔާސީ ނިޒާމުގެ މައްޗަށް ބިނާވެފައިވާ ޤާނޫނުއަސާސީތަކަށް ޢަމަލުކުރަމުންދާޤައުމުތަކުގައިވެސް މިފަދަ އުޞޫލުތައް ތަަޠުބީޤުކުރަމުންދާކަން އަދި އެޤައުމުތަކުގެ ޤާނޫނުއަސާސީތަކުގައި އެ އުޞޫލު އެކަށައަޅާފައި ހުރިކަން ފާހަގަކޮށްފައިވާ ކަމަށެވެ.

އަދި މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން މަނާކުރުމުގެ އުޞޫލަކީ ރައްޔިތުންގެ މަޖިލީހުގެ އިސްތިޤުރާރު ނަގަހައްޓައި، ސިޔާސީ ޕާޓީތަކުގެ ނިޒާމު ހަރުދަނާކޮށްދޭނެ ކަމެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ސިފަކުރައްވާފައިވާ ކަމަށާ އިތުރަށް އެ ނިންމެވުމުގައި ބަޔާންކޮށްފައިވަނީމަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރެއްވުން މަނާކުރުމަކީ ޤާނޫނުއަސސީން ކަށަވަރުކޮށްދޭ އެއްވެސް ޙައްޤަކަށް އުނިކަން ލިބޭނެ ކަމެއް ނޫން ކަން ޙުކުމްގައި ފާހަގަކޮށްފައިވާ ކަމަށް ކޮންގްރެސް ޕާޓީގެ ބަޔާނުގައިވެ އެވެ.

HajjCop_ads
Advertisement

އިތުރަށް ޙުކުމުގައި ބުނެފައިވަނީ މަޖިލީހުގެ މެންބަަރުން ދައުރުގެ ތެރޭގައި މަޖިލީހުގެ މަޤާމުގައި ތިއްބަވާނެ ގޮތުގެ އޮނިގަނޑު ޤާނޫނުއަސާސީ ގައި ބަޔާންކޮށްފަައި އޮތް އޮތުމަށް ގެނެވުނު އިޞްލާޙަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިންތިޚާބީ މެންޑޭޓުގެ އަސްލަަށް ބަދަލެއް އަދި އުނިކަމެއް ނާންނާނެކަން ކަށަވަރު ކޮށްދޭނެ އިސްލާހެއް ކަމަށެވެ.

ތަޅުން ހުރަސްކޮށް ޕާޓީ ބަދަލުކުރުން މަނާކުރުމުގެ އުޞޫލަކީ ރައްޔިތުންގެ މަންދޫބުންގެ ނަޒާހަތްތެރިކަން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ޖަވާބުދަރީވުން އިތުރުކުރުމުގެ ގޮތުން އެހެނިހެން ޑިމޮކްރެޓިކް މުޖުތަމައުތަކުގައިވެސް އަމަލުކުރަމުންދާ އުޞޫލެއްކަން ސުޕްރީމް ކޯޓުން ފާހަގަކުރި އެވެ.

ސުޕްރީމް ކޯޓުގެ ޙުކުމުގައި ބަޔާންކުރި ޙަޤީޤަަތްތަކުގެ އަލީގައި ސަރުކާރުން ހުށަހަޅައި، މި ޕާޓީގެ އަޣުލަބިއްޔަތު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީއަށް ގެނައި މި އިޞްލާޙަކީ، ރާއްޖޭގެ ސިޔާސީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކޮރަޕްޝަނާއި ފަސާދައިން ސަލާމަތްކޮށް، ޤާނޫނު ހަދާ މަޖިލީހުގެ ނަޒާހަތްތެރިކަން އިތުރުކުރުމުގެ ހެޔޮ ނިޔަތުގައި ގެނައި ބަދަލެއްކަން ޔަޤީންވާނެ ކަމަށްވެސް އެ ޕާޓީން ބުނެފައިވެ އެވެ. އަދި މި ބަދަލުގެ ބޭނުމަކީ ގިނަ ޕާޓީ ބައިވެރިވާ ޑިމޮކްރެޓިކް ނިޒާމަަށް އަމަލުކުރަން ފެށިފަހުން ރާއްޖޭގެ ސިޔާސީ މައިދާނުން ފެންނަމުން އައި ނޭދެވޭ ކަންކަމުން އަރައިގަތުމަށް މަގުކޮށުން ކަމުގައި ވަނީ ބުނެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމުގައި ހުރި މިފަދަ އުނިކަންކަން އިޞްލާޙުކުރައްވައި، ހަމަޖެހުމާއި ތަރައްޤީއަށް މަގުފަހިވާނެ ގޮތަށް ރާއްޖޭގެ ކަންކަން ތަރުތީބުކުރެއްވުމާއެކު އެންމެހައި ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރު ކޮށްދެއްވުން ކަމުގައި ބަޔާނުގައިވެ އެވެ. ކޮންގްރެސް ޕާޓީން ކުރިއަށް އޮތް ތަނުގައިވެސް ޢަމަލުކުރަމުންދާނީ ޑިމޮކްރަސީގެ އުޞޫލުތަކާ އެއްގޮތަށް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެންމެ ލާބަހުރި ގޮތަށްކަން ޔަޤީންކޮށް އަރުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

BeFunky collage (1)

ޕީއެންސީގެ ނައިބު ރައީސްގެ މަޤާމަށް ސަޢީދާއި ޝުޖާޢު ވާދަކުރައްވަނީ

police

ޕީއެންސީގެ އިންތިޚާބު ކުރިއަށްދަނިކޮށް ބަޔަކު މާރާމާރީ ހިންގި މައްސަލަ ބަލަނީ

FB IMG

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 85 އިންސައްތަ ވޯޓުލި

FB IMG

ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި