ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމުގެ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެކަމަށް ނިންމައިފި

supreme curt
STO_Ads
TTH_Ads

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމުގެ އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސު އެ ކޯޓަށް ލިބިފައިވާކަމަށް މިއަދު ކޯޓުން ކަނޑައަޅައިފިއެވެ.

މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލައެކެވެ. އެ މައްސަލާގައި ދައުލަތުންވަނީ އިޖުރާއީ ނުކުތާއެއްގެ ގޮތުގައި އެ މައްސަލަ ބެލުމުގެ އިހުތިސާސު ސުޕްރީމް ކޯޓަށް ލިބިފައިނުވާކަމަށް ބުނެފައެވެ.

މިއަދު އޮތް އެ މައްސަލައިގެ ގޮތެއް ނިންމުމުގެ މައްސަލައިގެ އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުހައްމަދު ވިދާޅުވީ ގާނޫނުއަސާސީއާއި ފަނޑިޔާރުންގެ ގާނޫނަށް ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބެލޭނެ ދުސްތޫރީ މައްސަލަތަކުގެ ތެރޭގައި ގާނޫނީ ހުސްކަމަކަށް ރާއްޖެ ހިނގައިދާނެ ފަދަ ކަންކަމާއި، އާއްމު މަސްލަހަތާ ގުޅުންހުެރި ދުސްތޫރީ މައްސަލަތައް ހިމެނޭ ކަމަށެވެ.

Maldivian_Ads

ސުޕްރީމް ކޯޓަށް ހުށަހެޅޭ ދުސްތޫރީ މައްސަލައެއް އެއީ އެފަދަ މައްސަލައެއްކަން ކަނޑައެޅުމުގައި ބޭނުންކުރަންޖެހޭ މިންގަނޑުތަކަށް ބަލާއިރު މި މައްސަލައަކީ އެ އުސޫލުތަކުގެ ތެރެއިން ސުޕްރީމް ކޯޓަށް ބެލުމުގެ އިހުތިސާސް ލިބިފައިވާ މައްސަލަތަކުގެ ތެރެއަށް ފެތޭނެ މައްސަލައެއްކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

ދައުލަތުން ބުނެފައިވަނީ ގާނޫނުއަސާސީއަށް ގެންނަަ އިސްލާހެއްގެ ސައްހަކަން ބެލުމުގައި ސުޕްރީމް ކޯޓަށް ބެލޭނީ އިޖުރާއީ ގޮތުން ސައްހަކަން ނުވަތަ ނޫންކަން ކަމަށެވެ. އަދި އެއްވެސް ހާލެއްގައި ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހެއްގެ މައުޟޫއީ ސައްހަކަން ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ.

އެނުކުތާއާ ގުޅިގެން އުއްތަމަފަނޑިޔާރު ވިދާޅުވީ ޤާނޫނުއަސާސީއަަށް ގެންނަަ އިސްލާހެއްގެ މައުޟޫޢީ ޞައްޙަކަމާމެދު ސުވާލު އުފެދޭ މައްސަލަތައް ސުޕްރީމް ކޯޓަށް ނުބެލޭނެކަމުގައި ބުނާ ދުސްތޫރީ އަދި ޤާނޫނީ ނައްޞެއް ނެތް ކަމަަށެވެ. ޤާނޫނީއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއް މާނަކުރުމުގެ މައްސަލައަކީ ހަމައެކަނި އިޖުރާއީ ޞައްޙަކަން ކަށަވަރުކުރުމުގެ މައްސަލައަކަށްނުވާނެކަން އުއްތަމަފަނޑިޔާރު ފާހަގަކުރެއްވިއެވެ.

އެނުކުތާތަކުގެ މައްޗަށް ބިނާކުރައްވައި އުއްތަމަފަނޑިޔާރު ނިންމަވާފައިވަނީ ޕާޓީ ބަދަލުކުރުން ހުއްޓުވުމަށް ޤާނޫނުއަސާަސީއަަށް ގެނައި އިސްލާހުގެ މައްސަލަ ބެލުމުގެ އިހުތިސާސު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Supreme Court

ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑީގެ މައްސަލަ: ހުކުމް އިއްވުން ބުދަ ދުވަހު

Supreme Court

މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

Supreme Court

ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

8u

މެންބަރު ސިނާންގެ ގޮނޑި ގެއްލިއްޖެކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި