ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑީގެ މައްސަލަ: ހުކުމް އިއްވުން ބުދަ ދުވަހު

Supreme Court
STO_Ads
TTH_Ads
Advertisement

ސިޔާސީ ޕާޓީން ވަކިކޮށްގެން ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ ހުކުމް އަންނަ ބުދަ ދުވަހު އިއްވަން ހަމަޖައްސައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ ދަށުން މަޖިލީހުގެ މެންބަރުކަމަށް އިންތިހާބުވުމަށްފަހު ޕާޓީގެ މެންބަރުކަމުން ވަކިވެއްޖެނަމަ ނުވަތަ ޕާޓީގެ މެންބަރުކަމުން ވަކިކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލެއެވެ.

އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމުގައި ވިދާޅުވެ ދުސްތޫރީ މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ ހުސައިނެވެ.

HajjCop_ads
Advertisement

މި މައްސަލާގައި ސުޕްރީމް ކޯޓުން ކުރިއަށްގެންދިޔަ ހުރިހާ އަޑުއެހުމެއް މިހާރުވަަނީ ނިމިފައެވެ. ހުކުމް އިއްވަން ހަމަޖައްސާފައިވަނީ އަންނަ ބުދަ ދުވަހުގެ ހެނދުނު އެވެ.

މައްސަލައިގެ ހުކުމްކުރަންދެން ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ގޮނޑި ނުގެއްލޭނެކަމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ކޯޓުގައި އަލީ ހުސައިންގެ ފަރާތުން އެދުނު އިރު ސުޕްރީމް ކޯޓުން ނިންމާފައިވަނީ ހުކުމެއް ނެރެވެންދެން ގޮނޑި ނުގެއްލޭނެކަމަށް ވަގުތީ އަމުރެއް ނެރެފިނަމަ އެކަމުގެ ސަބަބުން މައްސަލަައިގެ މައުޟޫއަށް އަސަރުކުރާނެތީ އެފަދަ އަމުރެއް ނެރެވެން ނެތް ކަމަށެވެ. މެންބަރުންގެ ގޮނޑި ނުގެއްލޭ ގޮތަށް ވަގުތީ އަމުރެއް ނެރެނުދޭން ނިންމުމާއެކު، ފަނޑިޔާރުންނާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމުގެ އަމުރެއް ނެރުމަށް އެދިފައިވާ މައްސަލާގަައި ކޯޓުން ބުނެފައިވަނީ އެއީ ފަނޑިޔާރުންގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަމުގައި ފަނޑިޔާރުން އަމިއްލައަށް ގޮތެއް ނިންމުން މަނާކުރާ އުސޫލުގެ ދަށުން ނެރުން މަނާވާނެ އަމުރެއް ކަމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

PNC

ސުޕްރީމް ކޯޓްގެ ނިންމުމަށް ކޮންގްރެސް ޕާޓީން މަރުޙަބާ ކިޔައިފި

supreme court

ޕާޓީން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެކަމަށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާހު ޞައްޙަ: ސުޕްރީމް ކޯޓު

supreme curt

މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމުގެ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެކަމަށް ނިންމައިފި

Supreme Court

މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި