ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓޫރިސްޓް ވިސާ ފަސޭހަކަމާއެކު އިތުރުކުރެވޭނެ ގޮތް ހަދައިފި

tourist
TTH_Ads
STO_Ads
Advertisement

ފަތުރުވެރިންނަށް ދޫކުރާ ޓޫރިސްޓް ވިސާ މުއްދަތު ފަސޭހަކަމާއެކު އިތުރުކުރެވޭނެ ގޮތް މޯލްޑިވްސް އިމިގްރޭޝަނުން ހަދައިފިއެވެ. މިހާރު ގެނެވުނު ބަދަލާއެކު 48 ގަޑިއިރު ތެރޭ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްދޭނެއެވެ.

ރާއްޖެއަށް އަންނަ ކޮންމެ ފަތުރުވެރިއަކަށްވެސް، އޮން އެރައިވަލް 30 ދުވަހުގެ ވިސާ ލިބެއެވެ. ވިސާގެ މުއްދަތު އިތުރުކުރުމުގެ މަރުހަލާއަށް ލުއިދޭން ނިންމާފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން، ރާއްޖެ އަންނަ ފްލައިޓްތައް ކެންސަލްވެ، ބައެއް ފަހަރު ފަތުރުވެރިން އިތުރު ދުވަސްތަކަކަށް ރާއްޖޭގައި މަޑުކުރަންޖެހޭ ހާލަތު މެދުވެރިވަމުން ދިއުމާއި ގުޅިގެންނެވެ. އަދި މި އިންތިޒާމުތައް ހަމަޖެއްސުމަށް ގިނަ އަދަދެއްގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކުން އެދެމުން ދިޔަކަން ސަރުކާރުން މީގެ ކުރިން ވަނީ ފާހަގަކޮށްފައެވެ.

“އިމިގްރޭޝަނުން ކުރެވުނު މަސައްކަތުން މިއަދުން ފެށިގެން، ހަމައެކަނި ޕާސްޕޯޓް ސައިޒު ފޮޓޯއެއް ސަބްމިޓް ކުރީމަ ގާތްގަނޑަކަށް އެއްދުވަސް ނުވަތަ ދެދުވަސް ތެރޭގައި، އެމީހާއަށް އެ އެކްސްޓެންޝަން ލިބިގެންދާނެ. މިކަންކަމަކީ މޯލްޑިވްސް 2.0ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ތަޞައްވުރުފުޅާއި އެއްގޮތަށް، އަޅުގަނޑުމެންގެ ޑިޕާޓްމެންޓްތަކުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތް، ހާއްސަކޮށް ފަތުވެރިކަމުގެ ދައިރާގެ ވިޔަފާރިތަކުން ރާއްޖެއަށް ގެންނަވާ ފަތުރުވެރިން ރާއްޖޭގައި ތިބޭ މުއްދަތު އިތުރުކޮށްލަން ޖެހިއްޖެ ކަމައްވާނަމަ އެ ފުރުސަތު ފަހިކޮށްދިނުމަށް ކުރެވިގެންދިޔަ ކަމެއް.” ވަޒީރު އިޙްސާން

HajjCop_ads
Advertisement

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވީ އެ ވުޒާރާ އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކުރި މަސައްކަތުން މިހާރު ލުއިފަސޭހަކޮށް އިމުގަ ޕޯޓަލް މެދުވެރިކޮށް ވިސާ މުއްދަތު އިތުރުކުރެވޭ ގޮތް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ ކުރިން ވިސާ މުއްދަތު އިތުރު ކުރުމަށް ޖުމްލަ 9 ލިއުމެއް ހުށަހަޅަން ޖެހޭއިރު، މުއްދަތު އިތުރުކޮށްދެވެނީ ގާތްގަނޑަކަށް 5 ދުވަހުގެ ތެރޭގައި ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވަނީ މިހާރުވެސް ފަތުރުވެރިކަމުގެ އެކި ވިޔަފާރިތަކުން މި ލުއިތައް ހޯދުމަށް އެދޭކަން ފާހަގަކޮށްފައެވެ. އަދި މި ލުއިދީފައިވަނީ ސަލާމަތީ ގޮތުން ބަލަންޖެހޭ އެންމެ މަތީ މިނގަނޑުތަކަށް ބެލުމަށް ފަހު ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން އެ ސަރަހައްދުން އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމާއެކު އިތުރު މާކެޓުތަކުން ފަތުރުވެރިން ގެންނަ އިތުރުން މަސައްކަތްތައް ސަރުކާރާއި ވިޒިޓް މޯލްޑިވްސްއިން ދަނީ ކުރަމުންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ameen

ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ފަތުރުވެރިކަމުގެ އަމާޒު ހާސިލުވާނެ ކަމުގެ ޔަގީންކަން އެބައޮތް: އަމީން

immigration

މިނިވަން ދުވަހާއި ގުޅިގެން އަންނަ ބަންދުގައި ޕާސްޕޯޓު ދޫކުރަނީ

HNU6lNGakAAEG6V

މޯބައިލް އެޕްލިކޭޝަނުން ޕާސްޕޯޓަށް އެދެވޭގޮތް ހަދަނީ

bidheyseen

ޤަވާއިދާ ޚިލާފަށް އުޅުނު 12 ހާހަށްވުރެ ގިނަ ބިދޭސީން ފޮނުވާލައިފި