ސްޕެޝަލް އެޑްވައިޒަރު ޓް ދަ މިނިސްޓަރ އޮން ސްޕޯޓްސްގެ މަޤާމަށް މައުރޫފް އަޙްމަދު (މާއްޓޭ) ހަމަޖައްސަވައިފިއެވެ. އަދި ޑެޕިއުޓީ ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަޤާމަށް މުޙައްމަދު ހާނިމްވެސް މިއަދު ވަނީ ހަމަޖައްސާފައެވެ.

ސްޕޯޓްސް މިނިސްޓްރީން އެކަން ވަނީ އިއުލާނު ކޮށްފައެވެ. ސްޕޯޓްސް މިނިސްޓްރީން ބުނީ ސްޕެޝަލް އެޑްވައިޒަރު ޓް ދަ މިނިސްޓަރ އޮން ސްޕޯޓްސްގެ މަޤާމަށް މާއްޓޭ ހަމަޖައްސަވާފައިވާ ކަމަށެވެ. މާއްޓޭ އަކީ ދިވެހި ފުޓްބޯޅައިގެ ވަރަށް ބޮޑު ޚިދުމަތްތެރި އެކެވެ. ޚާއްސަކޮށް ވިކްޓްރީން ވަރަށް ބޮޑަށް ވިލާދި މާއްޓޭ ވަނީ އެފްއޭއެމްގެ އެކި މަޤާމުތައް ވެސް ފުރުއްވާފައެވެ.

އޭގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަޤާމަށް މުޙައްމަދު ހާނިމް ވެސް ވަނީ ހަމަޖައްސަވާފައެވެ.

އިޝްތިހާރު އިޝްތިހާރު

ހާނިމް އަކީ ވެސް ކުޅިވަރުގެ ވަރަށް ބޮޑު ޚިދުމަތްތެރި އެކެވެ. މީގެ ކުރީން ވެސް އެ ދާއިރާގެ ވަރަށް އިސް މަޤާމުތައް ފުރުއްވާފައިވެއެވެ.