ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޅިވަރު އެސޯސިއޭޝަންތަކުގެ އަހަރީ ރިޕޯޓާ ގުޅޭ މައްސަލަތައް ހައްލުވެއްޖެ: ޠަލާލް

Big Toqoji4bynn2pxucduyowkbw0 Tholal
STO_Ads
TTH_Ads
Advertisement

ކުޅިވަރު އެސޯސިއޭޝަންތަކުގެ ހަރުދަނާކަން އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން، އަހަރީ ރިޕޯޓު ހުށަހެޅުމުގައި ހުރި ގޮންޖެހުންތައް މިހާރު ވަނީ ހައްލުކުރެވިފައިކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ހާމަކުރައްވައިފިއެވެ.

ޠަލާލް ވިދާޅުވީ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް އަހަރީ ރިޕޯޓު ހުށަހެޅުމުގެ މަސައްކަތް ފުރިހަމައަށް ނިމިގެންދާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، އެސޯސިއޭޝަންތަކުގައި ފާހަގަކުރެވުނު މައިގަނޑު މައްސަލަތަކުގެ ތެރޭގައި މާލީ ހިސާބުތައް ބެލެހެއްޓުމާއި ހިންގާ ގަވާއިދުގެ ފުށުއެރުންތައް ހިމެނޭކަމަށްވެސް ފާހަގަކުރެއްވިއެވެ.

މަދު އަދަދެއްގެ އެސޯސިއޭޝަންތަކެއް ފިޔަވައި، ގިނަ އެސޯސިއޭޝަންތަކުގެ ހިންގާ ގަވާއިދުތައް ވަނީ އިޞްލާޙު ކުރެވިފައެވެ. މިހާރު އެސޯސިއޭޝަންތަކުގެ ހިންގާ ގަވާއިދުތައް ހުންނާނީ ކުޅިވަރު ޤާނޫނާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާއި، އަދި ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ޔަޤީންކޮށް ދެވިދާނެ – ޠަލާލް

HajjCop_ads
Advertisement

ކުޅިވަރު އެސޯސިއޭޝަންތަކުން ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި އަހަރީ އާންމު ޖަލްސާ ބޭއްވުމަކީ ލާޒިމު ކަމެކެވެ. މި ޖަލްސާގައި އެސޯސިއޭޝަނާ ގުޅުންހުރި މުހިންމު ކަންކަން ފާސްކޮށް ހުށަހަޅަންޖެހެއެވެ. ކުރިން ފާހަގަކުރެވިފައިވާ ގޮތުގައި، ހުށަހަޅަންޖެހޭ ބައެއް މަޢުލޫމާތު މަދުވެފައިވާކަން ފާހަގަކުރެވުނު ނަމަވެސް، މިހާތަނަށް ދެވިފައިވާ އިރުޝާދުތަކާއެކު އެކަން ވަނީ ފާހަގަކުރެވޭ މިންވަރަކަށް ހައްލުކުރެވިފައިކަމަށް ޠަލާލް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން އާންމު ގޮތެއްގައި އަހަރު ފެށުމާއެކު އަހަރީ ކަލަންޑަރު އެކުލަވާލައި، ބަޖެޓް ފާސްކޮށް އަދި އަހަރީ އާންމު ޖަލްސާ ބާއްވަމުން ގެންދެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Screenshot 2026 04 22

ވަޒީރުގެ އެޑްވައިޒަރަކަށް މަޢުރޫފް، ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރަކަށް ހާނިމް

Tholal

ބައިނަލްއަޤްވާމީ މުބާރާތްތަކަށް ރާއްޖެއަށް ފުރުސަތު ލިބުމަކީ ލިބޭފަހި ފުރުސަތެއް: ޠަލާލު

ރައީސްގެ އަމާޒަކީ ހިންގުން ހަރުދަނާކޮށް، މުޅި ރާއްޖެއަށް ކުޅިވަރު ފަތުރާލުން: ޠަލާލް

ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނަރަށް ބައިނަލްއަގްވާމީ އެވޯޑެއް