ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެން ބިލުގެ ޖޫރިމަނާތައް ޝަރުތުތަކަކާއެކު މަޢާފްކޮށްދޭން ނިންމައިފި

MWSC
STO_Ads
Maldivian_Ads
TTH_Ads
Advertisement

ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ ވަކި ޝަރުތުތަކާއެކު މަޢާފު ކޮށްދޭން އަނެއްކާވެސް އެމްޑަބްލިއުއެސްސީން ނިންމައިފިއެވެ. މިއީ ބިލު ނުދެއްކި ޖޫރިމަނާ އަރާފައިވާ ގޭބީސީތަކާއި ވިޔަފާރިތަކަށް ލުޔެއް ދިނުމުގެ ގޮތުން އެކުންފުނިން ނިންމި ނިންމުމެކެވެ.

އެމްޑަބްލިއުއެސްސީން ނެރުނު ނޫސްބަޔާނެއްގައި ވަނީ ކަސްޓަމަރުންނަށް ފެން ބިލްތަކުގެ ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މަޢާފު ކޮށްދިނުމަށް އަނެއްކާވެސް ނިންމަވާފައިވާ ކަމަށެވެ. މި ނިންމުމާ ގުޅިގެން އެމޑަބްލިއުއެސްސީގެ ގޭބިސީތަކުގެ ކަސްޓަމަރުންނާއި ވިޔަފާރި ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، 31 ޑިސެމްބަރ 2025ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މަޢާފް ކޮށްދެން ވަނީ ނިންމާފައިކަމަށް ނޫސްބަޔާނުގައިވެއެވެ. އެކުންފުނިންބުނީ ޖޫރިމަނާ މަޢާފް ކޮށްދެވޭނީ ޖޫރިމަނާ އަރާފައިވާ ތަންތަނުން ބިލްތަކަށް ދައްކަވަންޖެހޭ ޖުމްލަ ފައިސާ 01 އޭޕްރީލް 2026 އިން ފެށިގެން 31 ޑިސެމްބަރ 2026 އާއި ދެމެދު އެއްކޮށް ދައްކަވައި ޚަލާސްކުރާ ކަސްޓަމަރުންނަށް ކަމަށެވެ.

މީގެއިތުރުން، އެއްބަސްވުމެއްގެ ދަށުން ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ޚަލާސްކުރަން އެދޭ ކަސްޓަމަރުންނަށް، އެއިންތިޒާމްވެސް އެމްޑަބްލިއުއެސްސީއިން ހަމަޖައްސައިދޭނެވެ. މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކަވާ ކަސްޓަމަރުންނަށް ޖޫރިމަނާ މަޢާފް ކޮށްދެވޭނީ، އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާ ޚަލާސް ކުރުމުންނެވެ.

HajjCop_ads
Advertisement

އެމްޑަބްލިއުއެސްސީގެ ކަސްޓަމަރ ކެއަރ ސެންޓަރު އަދި ހޮޓްލައިން (105)އަށް ގުޅައިގެން މަޢުލޫމަތު ސާފު ކުރެވޭނެއެވެ. ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުއްވުމުން ނުވަތަ [email protected] އަށް އީ-މެއިލް ކުރުމުން މިކަމުގައި އެހީތެރިކަން ލިބޭނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

މަޢުލޫމާތު ހާމަކުރުމުގެ ޤާނޫނުގެ ދަށުން އިސްނަގައިގެން ހާމަކުރަންޖެހޭ މަޢުލޫމާތު އެމްޑަބްލިއުއެސްސީން ޝާއިއުކޮށްފި

Original

އިންޖިނިއާސް އެވޯޑްސް ހަފްލާ: އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް

President, Engineering Award

އެންމެ މޮޅު އިންޖިނޭރަކަށް ޑރ. ފުރުޤާން

MWSC MD Fahumy

ފެން ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ޤާއިމުކުރާ 20،000 ލީޓަރުގެ ތާނގި، ސެޕްޓެމްބަރުމަހު ބޭނުންކުރަން ފަށަނީ