ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމުގެ މަގާމުން އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވައިފިއެވެ.
އަމްޖަދު އިސްތިއުފާދެއްވީ މިއަދުއެވެ. އޭނާ އިސްތިއުފާދެއްވި ސަބަބެއް އަދި ނޭނގެއެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އަމްޖަދު ހަމަޖެއްސީ ފެބްރުއަރީ 2025 ގައެވެ. އެ މަގާމުގައި ހުންނެވި އައިޝަތު ރިޒުނާ ސެޕްޓެންބަރު 2024 ގައި ވަނީ އިސްތިއުފާދެއްވާފައެވެ.

އަމްޖަދު ވަނީ އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ކަމާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަން މީގެކުރިން ކޮށްފައެވެ.
އޭނާ އަކީ ގާނޫނީ ދާއިރާއިން މަތީތައުލީމް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.








ކިޔުންތެރިންގެ ހިޔާލު