ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް 10 ފަރާތަކުން ކުރިމަތިލައިފި

445gf
STO_Ads
TTH_Ads
Advertisement

ޖުޑިޝަރީގެ އިދާރީ އެންމެ އިސް މަގާމު ކަމަށްވާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް، ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރަކު ހިމެނޭހެން ޖުމުލަ 10 ފަރާތަކުން ކުރިމަތިލައިފިއެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް މީހަކު ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރި އިއުލާނާ ގުޅިގެން 10 ފަރާތަކުން ވަނީ އެ މަގާމަށް ކުރިމަތިލާފައެވެ. މި ފަރާތްތަކުގެ ތެރޭގައި މިހާރު މަސްވެރިކަމާބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝަފީގާ ނައީމް ވެސް ހިމެނިވަޑައިގަންނަވައެވެ. މި މަގާމު ހުސްވެފައިވަނީ، އެންމެ ފަހުން އެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ، މިދިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ މިހާރު ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އައްޔަންކުރައްވާފައެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި، އިދާރީ މުވައްޒަފުންގެ ވަޒީފާއާ ބެހޭ ކަންކަން ހިންގައި ބެލެހެއްޓުމުގެ އެންމެ އިސް ފަރާތެވެ. މީގެ އިތުރުން، ފަނޑިޔާރުންނަށާއި، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުންނަށާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތަކާއި ތާޒާކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމަކީ ވެސް މި މަގާމުގެ މައިގަނޑު އެއް ޒިންމާއެވެ. އަދި ފަނޑިޔާރުންގެ އިލްމީ ފެންވަރު މަތިކުރުމަށް ބާއްވަންޖެހޭ ބައްދަލުވުންތަކާއި ސެމިނާތައް އިންތިޒާމުކުރުން ވެސް ހިމެނެއެވެ.

HajjCop_ads
Advertisement

ފަސް އަހަރު ދުވަހުގެ ދައުރަކަށް އައްޔަންކުރާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގެ އަސާސީ މުސާރައަކީ މަހަކު 30000 ރުފިޔާއެވެ. މީގެ އިތުރުން، އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 27235 ރުފިޔާ އަދި ފޯން އެލަވަންސްގެ ގޮތުގައި 2000 ރުފިޔާ އެ މަގާމަށް ކަނޑައަޅާފައިވެއެވެ. މި މަގާމަށް އައްޔަންކުރެވޭ ފަރާތަކީ ޝަރުއީ ދާއިރާގެ އިދާރީ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މުހިންމު ނިންމުންތަކެއް ނިންމާނެ ފަރާތެކެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމުން އަމްޖަދު އިސްތިއުފާދެއްވައިފި

Kkkkksuuusls

އީފާސް މެދުވެރިކޮށް ކުށުގެ ރިކޯޑު ސާފުކޮށްދޭން ނިންމައިފި