ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިލަމާލެ ބުރިޖު ލަސްވަމުންދާ ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް: ރައީސް

STO_Ads
TTH_Ads

ތިލަމާލެ ބުރިޖުގެ މަސައްކަތް ނުނިމި ލަސްވަމުންދާ ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށާއި، ސަރުކާރުން އެ މަސައްކަތުގައި ކޮންޓްރެކްޓަރަށް ދެންޖެހޭ އެންމެހާ އެއްބާރުލުން ދެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކޮންޓްރެކްޓަރ، ބުރިޖުގެ މަސައްކަތް ނިންމަން ދިން އެތަށް ތާރީޚްތައް ފަހަނައަޅާފައިވާކަމަށާއި ޕްރޮޖެކްޓް ވަރަށް ބޮޑަށް ލަސްވަމުންދާކަމަށެވެ. މަސައްކަތްތައް ނުނިމި، ޕްރޮޖެކްޓްގެ މުއްދަތު އިތުރުކުރުމަށް ކޮންޓްރެކްޓަރ ވަރަށް ބޮޑަށް އެދެމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫޢު އަވަސްކުރުމަށް ސަރުކާރުން ދޭންޖެހޭ އެންމެހާ އެއްބާރުލުން މިހާތަނަށްވެސް ދެމުން އައިނަމަވެސް، ހިތްހަމަޖެހޭ މިންވަރަށް އަވަސްމިނުގައި މަސައްކަތް ނުދާކަން ރައީސް ފާހަގަކުރެއްވިއެވެ.

Maldivian_Ads

“ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް މިކަމުގައި ކުރަމުން މިދަނީ. މިހާރު އަނެއްކާވެސް އެ މުއްދަތު އިތުރުކޮށްދޭން އެދިއްޖެ. ވަރަށް ބޮޑަށް ބަލާފައި އެ މުއްދަތު ދީފިން. ކުރިންވެސް ތާރީޚް ދިން. އެކަމަކު ދިމަލެއް ނުވި. މިހާރު 2027އަށް ނިންމަން ކޮންޓްރެކްޓަރ ތާރީޚް ދީފައިވަނީ.” ރައީސް ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް އެންމެ ފުރަތަމަ ނިންމަން ކަނޑައެޅީ، ނިމުނު ސަރުކާރު ވެރިކަމުން ފޭބުމުގެ ކުރިންނެވެ. ނަމަވެސް އެ ތާރީޚަށް މަސައްކަތް ނުނިމި ދިގުލާ، އޭގެ ފަހުންވެސް ކޮންޓްރެކްޓަރު އެދިގެން މުދަތު އިރުކޮށްފައިވެއެވެ.

ސަރުކާރުން ދިން ތާރީޚްތައް ފަހަނައަޅާ، ކޮންޓްރެކްޓަރ އެދިގެން ކުންފުންޏަށް ގެއްލުންވާގޮތަށްވެސް އެ ކުންފުނިން ވަގުތު ހޯދަން އެދިފައިވެއެވެ. އެއީ އެ މުއްދަށް 100 މިލިޔަނަށްވުރެ އިތުރަށް ކުންފުނިން ޚަރަދުވާގޮތަށް، 30 މަސް ދުވަހުގެ މުއްދަތެކެވެ.

ތިލަމާލެ ބްރިޖް މަޝްރޫޢުގައި މިހާތަނަށް މަސައްކަތް ނިމިފައިވަނީ %71.60 މަސައްކަތެވެ.

މިހާރު މައިގަނޑު މަސައްކަތެއްގެ ގޮތުގައި ސައިޓުގައި ކުރަމުންދަނީ ބްރިކް ޑެކްއަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި، ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތެވެ. ބްރިޖް ޑެކްއަށް ބޭނުންވާ 1222 ސެގްމަންޓްސްގެ ތެރެއިން މިހާތަނަށް %84 ސެގްމަންޓްސް ކާސްޓްކޮށް ވަނީ ނިމިފައެވެ. އަދި %54 ސެގްމަންޓްސް އިންސްޓޯލްކޮށް ވަނީ ނިމިފައެވެ.

ގުޅިފަޅުގައި މިވަގުތު ކުރިއަށްދަނީ ބްރިޖާއި ގުޅިގެން ހެދުމަށް ހަމަޖެހިފައިވާ މަގުގެ މަސައްކަތެވެ. އަދި ތިލަފުށީގައި މިވަގުތު ކުރިއަށްދަނީ ބްރިޖާއި ގުޅިގެން ތިލަފުށީގައި ޖެހުމަށް ހަމަޖެހިފައިވާ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި ކަލްވާރޓްސް ހަރުކުރުމުގެ މަސައްކަތެވެ.

ބުރިޖާއި ކޯޒްވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިން 6.7 ކިލޯމީޓަރަށް އަރައެވެ. މި މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލައެވެ.

މުޅި މި މަޝްރޫޢަށް 500 މިލިޔަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިޔަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދިވެހި ސަރުކާރުންވެސް މި މަޝްރޫޢަށް ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ކުންފުނިތަކަށް އިއުލާން ނުކޮށް ވަޒީފާއަށް ނުނެގޭނެ: ރައީސް

DSC

ކުންފުނިތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ: ރައީސް

raees press

ގާނޫނުއަސާސީ ބަދަލުކުރަން ރައްޔިތުން ނުރުހޭ: ރައީސް

DSC

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ޕީއެންސީން އެކަށީގެންވާ މަސައްކަތެއް ނުކުރޭ: ރައީސް