ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓީޓީ ހެދުމަށް ޑޮލަރު އެހީ ދިނުން ހުއްޓައިލިކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް: ބީއެމްއެލް

bml
ބީއެމްއެލް ހެޑް އޮފީސް —
STO_Ads
Maldivian_Ads
TTH_Ads
Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދޫކުރަމުންއައި ޑޮލަރުގެ އެހީ ދޫކުރުން ހުއްޓާލައިފިކަމަަށް ބުނެ އަދަދު ނޫހުން ޝާއިއުކޮށްފައިވަނީ ހަގީގަތާ ހިލާފު ދޮގު ޚަބަރެއް ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.

ބީއެމްއެލް އިން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ، ކުރިންވެސް ވިޔަފާރިތަކަށް ޑޮލަރު ވިއްކަމުން އައި އުސޫލުން، ކޮންމެ ވިޔަފާރިއަކަށް ވެސް ކަނޑައެޅިފައިވާ ލިމިޓްގެ ތެރެއިން ޓީޓީ ފޮނުވުމަށް މެދުނުކެނޑި ޑޮލަރު ވިއްކަމުން އަންނަ ކަމަށެވެ. އެ އުސޫލުގެ ދަށުން ކޮންމެ ކަސްޓަމަރަކަށްވެސް، އެކަސްޓަމަރަށް ދެވޭނެ އެންމެ ބޮޑު އަދަދަށް ޑޮލަރު ވިއްކާފައިވާކަމަށް ބީއެމްއެލް އިން ބުނެފައިވެ އެވެ.

ޓީޓީ ހެދުމަށް ބީއެމްއެލްގައި އެދިފައިވާ އެއްވެސް ފަރާތަކަށް، ޑޮލަރުގެ އެހީތެރިކަން ފޯރުކޮށް ނުދެވި ނޯންނާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ. އެހެންނަމަވެސް ބައެއް ވިޔަފާރިތަކަށް އެ ފަރާތްތަކުން ބޭނުންވާ ޖުމްލަ އަދަދަށް ޑޮލަރު ދޫ ނުކުރެވި ހުރުން އެކަށީގެންވާކަން ފާހަގަކޮށްފައިވެ އެވެ.

HajjCop_ads
Advertisement

ބީއެމްއިލް އިން ބުނީ މެދު އިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން، ރާއްޖެއިން ބޭރުން ބޭންކް މެދުވެރިކޮށް ލިބޭ ފައިސާ އަށްވުރެ ރާއްޖެއިން ބޭރަށް ބޭންކް މެދުވެރިކޮށް ފޮނުވާ ފައިސާގެ ޢަދަދު މިދުވަސްކޮޅު އިތުރުވެފައިވާ ކަމަށެވެ. އެހެންނަމަވެސް ބޭންކުން މަސައްކަތް ކުރަމުން އަންނަނީ ބޭރު ފައިސާގެ ލިކުއިޑިޓީ ހަރުދަނާކޮށް ބަލަހައްޓައި، ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށް ބޭންކުން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

ދުނިޔެއަށް ދިމާވެފައިވާ މި އުނދަގޫ ދަތި ދަނޑިވަޅުގައިވެސް ބޭންކުން އަންނަނީ މެދު ނުކެނޑި ކާބޯތަކެއްޗާއި، އެކިއެކި ބޭނުންތަކަށް ރާއްޖެއިންބޭރަށް ފައިސާފޮނުވުމަށް ވިޔަފާރިތަކަށް ކުރިއަށްވުރެ އިތުރަށް ޑޮލަރު ފޯރުކޮށްދެމުންނެވެ.

ބީއެމްއެލް އިން ބުނީ، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް މިއަހަރުގެ ފުރަތަމަ ކްއާޓަރުގައި 106.2 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ. މިއީ އެވްރެޖްކޮށް މަހަކަށް 35.4 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ކަމަށެވެ.

އިތުރަށް ބުނީ، މިދިޔައަހަރު އެވްރެޖްކޮށް މަހަކަށް ވިއްކި 14.6 މިލިއަން ޑޮލަރާއި އަޅާބަލާއިރު މިއީ %142 އިތުރު ޢަދަދެއް ކަމަށެވެ. މިއަހަރުގެ މިހާތަނަށް 38،855 ޓިޓީ އަށް ބޭރުފައިސާ ފޯރުކޮށްދީފައިވާކަން ފާހަގަކޮށްފައިވާއިރު، މި ހިނގާ އެޕްރީލް މަހު އެކަނިވެސް 6،800 އަށް ވުރެ ގިނަ ޓީޓީ ފޮނުވުމަށް ބޭރުފައިސާގެ އެހީ ފޯރުކޮށްދީފައިވާނެ ކަމަށް ބޭންކްއިން ބުނެފައިވެ އެވެ. އަދި އިއްޔެ އެކަނިވެސް 327 ޓީޓީ އަށް 9 ލައްކައަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ބީއެމްއެލް އިން އާންމުކޮށްފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ބޭންކްގެ ކަސްޓަމަރުންނާއި ބެހޭ މައުލޫމާތާއި، ބޭންކުން ހިންގާ ފައިސާގެ މުޢާމަލާތްތަކުގެ ޞައްޙަ މަޢުލޫމާތު ތަކަކީ ހަމައެކަނި ބޭނަކަށް ދެވޭނެ މަޢުލޫމާތުތަކެއް ކަމަށެވެ. އެހެންކަމުން މިފަދަ މުހިންމު ކަމަކާއި ގުޅޭގޮތުން ބޭންކުގެ ކަސްޓަމަރުންގެ މެދުގައި އަދި މުޅި މުޖުތަމަޢުގައި ނުތަނަވަސްކަން އުފެދޭގޮތަށް، ޒިންމާދާރުކަމެއްނެތި މިފަދަ މަޢުލޫމާތު ފެތުރުމަކީ ބޭންކުން އެކަމާ މެދު ވަރަށް ހިތާމަކުރާކަމެއް ކަމަށް ބުނެފައިވެ އެވެ.

ބަޔާން ނިންމާލަމުން ބީއެމްއިލް އިން ބުނެފައިވަނީ، މިކަމަކީ ޢަދަދު ނޫހުން އާންމުގޮތެއްގައި ބޭންކަށް އޮންނަ އިތުބާރު ކުޑަކުރުމަށްޓަކައި ފަތުރާ ސިލްސިލާ ދޮގުވާހަކަތަކުގެ ތެރެއިން ބައެއްކަން ފާހަގަކޮށްފަ އެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލޯނުތައް އިސްލާމިކް ފައިނޭންސިން ފެސިލިޓީއަށް ބަދަލުކުރުމަށް ޚާއްސަ އޯޕަން ޑޭއެއް ބާއްވަނީ

bml

ކަސްޓަމަރުންނަށް ކޮންމެ މަހަކު 81 މިލިޔަން ޑޮލަރު ވިއްކާފައިވޭ: ބީއެމްއެލް

bml

އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ލޯނުތައް އިސްލާމިކް ބޭންކިންގ އުސޫލުން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ނިންމައިފި

Bml

ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގާއިރު ނަގާ ކްރޮސް ބޯޑަރ ފީ ބީއެމްއެލުން ކަނޑާލައިފި