ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މީހަކު މަރާލި ބިދޭސީއަކު އުމުރަށް ޖަލަށްލައި 1.25 މިލިއަށް ދައްކަން އަންގައިފި

criminal court
STO_Ads
TTH_Ads
Advertisement

މީހަކު ގަސްތުގައިމަރާލި ކަމުގެ ދައުވާ ސާބިތުވެ، ބިދޭސީއަކު އުމުރަށް ޖަލަށްލައި މަރުގެ ދިޔައިގެ ގޮތުގައި 1.25 ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އޭނާ އަކީ 2021 ވަނަ އަހަރު މީދޫ ދޯންޏެއްގައި ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު ޝާހީންގެ އަރިކައްޓަށް ވަޅިން ހަމަލާދީ މަރާލި ކަމުގެ ތުހުމަތު ކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު މަސްއޫދެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ، އެ ދައުވާއަށް މަސްއޫދު އިންކާރުކުރި ނަމަވެސް އެ ހަމަލާދިނުމުގެ ކުރިން އޭނާއާއި ޝާހީނާ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށާއި އަދި އިރުކޮޅެއްފަހުން ޝާހީންގެ ހަޅޭއްލަވައިގަތް އަޑުއިވިގެން ބެލިއިރު އޭނާއަށް ވަޅިން ހަމަލާދީފައިވާ ކަމަށް ހެކިން ހެކިބަސްދީފައިވާ ކަމަށެވެ. އަދި އެވަގުތު މަސްއޫދުގެ އަތުގައި ވަޅި އޮތްއިރު އެ ވަޅިން އޭނާގެ ޑީއެންއޭ ފެނިފައިވާ ކަމަށް ހުކުމުގައިވެއެވެ.

HajjCop_ads
MMA_Ads
Advertisement

ހުކުމުގައިވާ ގޮތުން އެއީ މަރާލުމުގެ ނިޔަތުގައި ދިން ހަމަލާއެއް ނޫން ކަމަށާއި އެއީ ވަޅިއެއް ގެންގުޅެނިކޮށް ޝާހީން އޭގެ މައްޗަށް ވެއްޓިގެން ލިބުނު އަނިޔާއެއް ކަމަށް މަސްއޫދުގެ ފަރާތުން ބުނެފައިވެއެވެ.

ނަމަވެސް، ހުކުމުގައިވަނީ ޝާހީނަށް މަސްއޫދު ވަޅިން ހަމަލާދިނީ މެރުމުގެ ގަސްދު އޮވެގެންކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އަދި ޝާހީންގެ ވާރިސުން ބޭނުންވަނީ މަރުގެ ދިޔަ ކަމަށް އެ މީހުން ބުނާތީ، އުމުރަށް ޖަލަށްލުމާއެކު މަރުގެ ދިޔައިގެ ގޮތުގައި 1.25 މިލިއަން ރުފިޔާ އެއް އަހަރު ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެއެވެ.

މީގެ އިތުރުން، ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން 60 ދުވަހު ރޯދަހިފުމަށް ވެސް ހުކުމުގައި މަސްއޫދަށް ނަސޭހަތްތެރިވެފައިވެއެވެ.

މަސްއޫދު އުމުރަށް ޖަލަށްލާން ހުކުމްކުރި ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 19 އަހަރާއި 10 މަހުގެ ޖަލު ހުކުމެކެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފިޔާޒާއި ހަސަނުގެ ޝަރީއަތް އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފި

1.5 ކިލޯގެ ޑްރަގް އެތެރެކުރި ރޫނާ އާއި އަލްޔާގެ ބަންދު އިތުރުކޮށްފި

ދިރާގު ފިހާރައަށް ބޮމުގެ އިންޒާރު ދިން ނަދީފު ޖަލަށް

high court

ގެގް އޯޑަރުގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި