ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންސީގެ އެސްޖީގެ މަޤާމަށް މޫސާ ފަތުހީ

moosa fathuhy PNC SG
TTH_Ads
STO_Ads

ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މޫސާ ފަތުހީ އާދަމް އައްޔަން ކޮށްފިއެވެ.

ޕީއެންސީގެ އެސްޖީގެ މަޤާމަށް މޫސާ ފަތުހީ އައްޔަނު ކުރީ ކުރިން އެ މަޤާމުގައި ހުންނެވި މުއާޒް ހަލީމް ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.

އިސްތިއުފާ ދެއްވިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއާޒް ވިދާޅުވީ މަޤާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކޮށް، ފުރިހަމަ ނަތީޖާ ހާސިލް ކުރެވޭ ޕާޓީއަކަށް ޕާޓީ ހެދުމަށް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅަށް ފުރިހަމަ އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.

Maldivian_Ads

މީގެ އިތުރުން ޕާޓީގެ އެސްޖީގެ މަޤާމުގައި އޭނާއަށްވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ އިސްތިއުފާ ދެއްވީކަމަށްވެސް ވިދާޅުވިއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހިތަދޫ އުތުރުގެ ޕީއެންސީ ޓިކެޓަށް ސިނާނާއި ސައީދު ވާދަކުރައްވަނީ

DSC

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ޕީއެންސީން އެކަށީގެންވާ މަސައްކަތެއް ނުކުރޭ: ރައީސް

PNC

އެންމެ ގިނަ ގޮނޑި ކޮންގްރެސްއަށް