ހުޅުމާލެ ފޭސް 2ގައި ބިނާކުރާ 2 މިސްކިތެއްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އެ މިނިސްޓްރީން ބުނީ ހުޅުމާލެ ވިނަރެސް ފްލެޓު ސަރަޙައްދުގައި ބިނާކުރާ މިސްކިތުގެ 60 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މިއީ، 1095 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މީގެއިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސް ފްލެޓްތައް ހިމެނޭ ސަރަޙައްދުގައިވެސް ދަނީ މިސްކިތެއް ބިނާކުރަމުންނެވެ. މި މިސްކިތުގެ 75 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިއީ، 1800 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
Ministry of Islamic Affairs & Endowments@MVIaffairsހުޅުމާލެ ވިނަރެސް ފްލެޓު ސަރަޙައްދުގައި ބިނާކުރާ މިސްކިތުގެ 60 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި. މިއީ 1095 މީހުންގެ ޖާގައިގެ މިސްކިތެއް.



މިހާރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަނީ ދާއިމީ ތިން މިސްކިތެވެ. އެތަނުގެ އާބާދީ އިންތިހާއަށް ގިނަވެފައިވާއިރު ހުކުރު ނަމާދުގައި އެ ހުރިހާ މިސްކިތަށް ފުރި، ބައެއް މީހުން ނަމާދުގެ ސަފުތައް ހަދަންޖެހިފައި ވަނީ މަގުމަތީގައެވެ.
Ministry of Islamic Affairs & Endowments@MVIaffairsހުޅުމާލެ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސް ފްލެޓު ސަރަޙައްދުގައި ބިނާކުރާ މިސްކިތުގެ 75 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި. މިއީ 1800 މީހުންގެ ޖާގައިގެ މިސްކިތެއް.
@MMuizzu



އެ ދެ މިސްކިތުގެ އިތުރުން ވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތްތަކެއް އިމާރާތްކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ.
މި އަހަރުގެ މިހާތަނަށް 15 އަށްވުރެ ގިނަ މިސްކިތް ވަނީ ހުޅުވާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.