ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިޔާ ޓަވަރުތައް ކައިރީގައި އިތުރު މިސްކިތެއް ހުޅުވަނީ

STO_Ads
TTH_Ads
Advertisement

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކާ ކައިރީގައި އިމާރާތްކުރެވެމުންދާ ތިން ބުރީގެ ދާއިމީ މިސްކިތް އަންނަ މަހު ހުޅުވޭނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ހާމަކުރައްވައިފިއެވެ. މި މިސްކިތަކީ އަމިއްލަ ފަރާތަކުން އިމާރާތްކުރަމުންދާ މިސްކިތެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ޝަހީމް ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަށް މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އޭގެ ތެރެއިން ހަތަރު މިސްކިތެއްގެ މަސައްކަތް މި އަހަރު ތެރޭގައި ނިންމައި ހުޅުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން، ހިޔާ ޓަވަރުތަކާ ކައިރީގައި އިމާރާތްކުރެވޭ ތިން ބުރީގެ ދާއިމީ މިސްކިތް އަންނަ މަހުގެ ފަހުކޮޅު ހުޅުވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ 3000 އަށްވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. ވަޒީރު ޝަހީމް އިތުރަށް ވިދާޅުވީ، މި އަހަރުގެ ނިޔަލަށް ދެވަނަ ފިޔަވަހީގައި ހުރި ވަގުތީ މިސްކިތްތަކުގެ ބަދަލުގައި ދާއިމީ މިސްކިތްތައް އިމާރާތްކުރުމަކީ އެމަނިކުފާނުގެ އަމާޒު ކަމަށެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގިނަ މަޝްރޫޢުތަކެއް ހުރީ ހުއްޓިފައި ކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މިސްކިތްތައް އިމާރާތްކުރުމުގެ މަސައްކަތް އަވަސް ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

HajjCop_ads
MMA_Ads
Advertisement

ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިތުރުން އަތޮޅުތެރޭގައިވެސް ހުއްޓިފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، ކުރީގެ ސަރުކާރުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ހުއްޓިފައި ހުރި މަޝްރޫޢުތަކަށް ފައިސާ ހަވާލުކޮށް، އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް އިމާރާތްކުރުމުގެ 35 މަޝްރޫޢެއް މި އަހަރު ކުރިއަށް ގެންދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MMA_Ads
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Sstv FORM FOR EC

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފިހާރައެއްގައި ތޫނު ހަތިޔާރާއެކު މާރާމާރީއެއް ހިންގައިފި

ގަން އެއާޕޯޓުގައި 800 މީހުންގެ ޖާގައިގެ މިސްކިތް ކޮމްޕްލެކްސްއެއްގެ ބިންގާ އަޅައިފި

Igmh

ހުޅުމާލެ ފަޅުތެރެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް އެޗްޑީސީން ކުރިއަށް ގެންގޮސްފި

Igmh

ހިޔާގެ ތިން ޓަވަރެއްގެ އާ ލިފްޓުތައް އާންމުންނަށް ހުޅުވާލައިފި