ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 45.3 މިލިއަން ރުފިޔާ

mudalu zakaai
TTH_Ads
STO_Ads
Advertisement

މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 45.3 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާއިން އާންމުކޮށްފައިވާ މާރިޗު މަހުގެ އާމްދަނީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހު އެކަނިވެސް މުދަލު ޒަކާތުގެ ގޮތުގައި 27,420,050 ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މާރިޗު މަހު ލިބުނު 23,591,401 ރުފިޔާއާ އަޅާބަލާއިރު 16.2 އިންސައްތަ އިތުރު އަދަދެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ޖުމްލަ 45,329,119 ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 34,852,418 ރުފިޔާއެވެ.

HajjCop_ads
Advertisement

މުދަލު ޒަކާތުގެ ނިޞާބަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު 21 ވަނަ ދުވަހުއެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބުނި ގޮތުގައި، މިހާރު ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 19,527.90 ރުފިޔާއެވެ. މީގެ ކުރިން ނިޞާބުގެ ގޮތުގައި ކަނޑައަޅާފައި އޮތީ 11,191.95 ރުފިޔާއެވެ.

ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރަނީ މީރާއިންނެވެ.

މީރާގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު، ކޮންމެ މީހަކަށްވެސް އެމީހެއްގެ މުދަލުން ޒަކާތް ދައްކަންޖެހޭ މިންވަރު މީރާގެ ވެބްސައިޓުން ބަލާލެވޭނެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

އާމްދަނީން ނަގާ ޓެކްސް ގޮތުގައި 3.6 ބިލިޔަން ރުފިޔާ

ޒަކާތުން 500،000 ރުފިޔާ ގައްޒާއަށް ހަދިޔާކޮށްފި

mudalu zakaai

މިދިޔަމަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އަދަދު ދެގުނަ އިތުރުވެއްޖެ

Ew

ޒަކާތު ފަންޑުގެ އެހީގައި ތެލެސީމިއާ ހަ ކުއްޖަކު ބޯންމެރޯ ހެދުމަށް އިންޑިއާއަށް