ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނު މަގު ސެގްމެންޓް ހަތަރެއްގެ ޝީޓް ޕައިލިން މަސައްކަތް ފަށައިފި

HFdEq6vbkAAw9oH
Maldivian_Ads
TTH_Ads
STO_Ads
Advertisement

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ސެގްމެންޓް ހަތަރެއްގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ މަގު ހެދުމުގެ ސެގްމެންޓް 4 ގެ ދަށުން، އެ ސަރަހައްދުގެ ފަޅު ހިއްކުމާއި، ސެޓަލްމެންޓް ޓޭންކު ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި އެންކަރު އިންސްޓޯލް ކުރުމާއި ކޭބަލްތައް ވަޅުލުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މި ސަރަހައްދުވެސް ފަރުމާކޮށްފައިވަނީ މަގުގެ ޖާގަ ބޮޑު ކުރުމަށް މަގު އިތުރަށް ފުޅާވާނެގޮތަށެވެ. މަގުގެ މި ސަރަހައްދުވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފަވަނީ، ނިމުނު ދެ ސެގްމެންޓުވެސް ކުރިޔަށްގެންދިޔަ ފަރުމާއަށެވެ. އެމްޓީސީސީން ބުނީ މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން އެއްގަމު ތޮށި ތަޅާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި ޝީޓް ޕައިލް ކުރުމުގެ މަސައްކަތާއި، ސައިޑް ވޯކް ޖެހުމުގެ މަސައްކަތްވެސް ކުރިއަށް ދާއިރު މިހާތަނަށް 143 މީޓަރުގެ ސަރަހައްދެއްގައި ސީޓް ޕައިލްކުރުމުގެ މަސައްކަތް ނިންމާލާފައިވާކަމަށެވެ. ނިމިފައިވަނީ ސީޓް ޕައިލްކުރުމުގެ ފުރަތަމަ ކޮމްޕޯނަންޓުގެ މަސައްކަތްކަމަށް އެމްޓީސީސީއިން ބުންޏެވެ.

HajjCop_ads
Advertisement

އެމްޓީސީސީން ބުނީ، މަގު ތަރައްޤީކުރުމުގެ މި ސެގްމެންޓުގައި ހިމެނޭ 700 މީޓަރުގެ މި ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްޤިކުރެވި، ތާރު އެޅުމާއެކު އެ ސަރަހައްދުގައިވެސް ފެން ހިންދާ ނިޒާމު ޤާއިމްކުރުމުގެ އިތުރުން ޕޭމަންޓްހަދައި، ލައިޓް ޖެހުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތުގެ ތެރެއިން މިހާތަނަށްވަނީ، އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްޤީކޮށްފައެވެ. އެއީ ޖުމުލަ 380 މީޓަރުގެ ސަރަޙައްދެވެ.

އަދި އެ ސަރަޙައްދުތައް ބޭނުންކުރަން ހުޅުވާލާފައިވާއިރު، މަގުގެ ޖާގަ ތަނަވަސްވެ، އެއްގަމު އުޅަނދުތަކާއި ހިނގާބިނގާވެ އުޅޭ މީހުންނަށްވެސް ވަނީ ބޮޑު ލުޔެއް ލިބިގެންގޮސްފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މޮޅަދޫ އައުޓްޑޯ ވޮލީ ކޯޓުގެ އިލެކްޓްރިކަލް ވަޔަރިންގެ މަސައްކަތް ކުރިއަށްދަނީ

ގަމު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 87 އިންސައްތަ މަސައްކަތް ނިމިއްޖެ

WhatsApp Image 2026 09 07 at 17.51.12

އޮމަދޫ ބަނދަރު ތަރައްޤީކުރުމުގެ %51 މަސައްކަތް ނިމިއްޖެ

HRm9exUbYAACcj

އަމީނީ މަގުގެ ސެގްމެންޓު 1ގައި މި ހަފްތާގައި ތާރުއަޅަން ފަށަނީ