ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާ ގުޅިގެން މަސްވެރިކަމަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރީ މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް، މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަން (އެމް.އެސް.ޕީ.އީ.އޭ) އާ ބައްދަލުކުރައްވައެވެ. މި ބައްދަލުވުމުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން، މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
Min of Fisheries, Agriculture and Ocean Resources@MFAORmvވަޒީރު އަޙްމަދު ޝިޔާމް، މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަން (އެމް.އެސް.ޕީ.އީ.އޭ) އާ ބައްދަލުކުރެއްވުން.
މި ބައްދަލުވުމުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން، މަސްވެރިކަމުގެ ސިނާއަތަށް …



މީގެ އިތުރުން، މި ހަމަނުޖެހުންތަކާ ގުޅިގެން 10 މާރިޗު 2026 ގައި އެމް.އެސް.ޕީ.އޭ އާއެކު ބޭއްވި ބައްދަލުވުމުގައި ހުށަހަޅައިފަިވާ ކަންކަމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މަޢުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ. އަދި މި ހާލަތުގެ ސަބަބުން ސިނާއަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ވެސް ވަނީ ހިއްސާކުރައްވާފައިކަމަށް މަސްވެރިކަމުގެ ވުޒާރާއިން ބުންޏެވެ. މި ދަތި އުނދަގޫ ދަނޑިވަޅުގައި މަސްވެރި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސަރުކާރަށް ދެއްވަމުންދާ ފުރިހަމަ އެއްބާރުލެއްވުމަށްޓަކައި ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.