ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި ބައިވެރިކުރުމަށް ހުޅުވާލައިފި

Screenshot 2026 04 09
STO_Ads

މި އަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގައި އުފެއްދުންތައް ބައިވެރިކުރުވުމުގެ އުސޫލު މިހާރު ވަނީ އާންމުކޮށްފައެވެ.

އުފެދުންތެރިކަމުގެ މައުރަޒު ބާއްވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ އިސްނެގުމުގެމަތިން ބިޒްނަސް ސެންޓަރ ކޯޕަރޭޝަ (ބީސީސީ) އިން އިންތިޒާމުކޮށްގެންނެވެ.

މިދިޔަ އަހަރު ބޭއްވި އެކްސްޕޯއަށްވުރެ ފުޅާ ދާއިރާއެއްގައި މިއަހަރުގެ އެކްސްޕޯ ބޭއްވުމަކީ އަމާޒެއް ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު އިއްޔެ ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.

Maldivian_Ads

މޯލްޑިވްސް އެކްސްޕޯ 2026 ގައި ބައިވެރިވުމަށްއެދި ހުށަހެޅުމުގެ ފުރުޞަޠު https://www.expo.mv ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލެވިފައެވެ. އަދި މަޢުރަޒުގައި ތަކެތި ބައިވެރި ކުރުމުގެ އުޞޫލުވެސް މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.

ފާއިތުވި 2025 އަހަރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި އުފެއްދުންތެރިކަމުގެ މަޢުރަޒަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެފަދަ އެންމެ ބޮޑު މަޢުރަޒެވެ. މި މަޢުރަޒަކީ ދިވެހި އުފެއްދުންތެރިކަން ކުރިއެރުވުމަށާއި، ދިވެހި ފަންނުވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ބޭއްވޭ މަޢުރަޒެކެވެ.

ތަފާތު ގިނަ ޙަރަކާތްތަކަކާއެކު 5 ޑިސްޓްރިކްޓަކަށް ބަހާލައިގެން 2025 ވަނަ އަހަރުވެސް ކުރިއަށް ގެންދެވުނު މަޢުރަޒުގައި ރާއްޖޭގެ އުފެއްދުންތެރިންނާއި ރާއްޖެއިން ބޭރުގެ ބައެއް ފަރާތްތަކުންވެސް ބައިވެރިވިއެވެ.

މައުރަޒާ ގުޅޭ އިތުރު މަޢުލޫމާތު ބީސީސީގެ ނަންބަރު 3305555 އަށް ގުޅުމުން ލިބޭނެކަމަށް މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ބުނެފައިވެއެވެ.

ދިގުމުއްތަކަށްފަހު އުފެއްދުންތެރިކަމުގެ މަޢުރަޒު ބާއްވާނޭކަން އިއުލާނުކުރީ 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެމަނިކުފާނު ވިދާޅުވިގޮތަށް މިދިޔަ އަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒަށް އާދަޔާހިލާފު ތަރުޙީބެއް ލިބުނެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Screenshot 2026 04 17

އުފެއްދުންތެރިކަމުގެ މައުރަޒަށް މިހާތަނަށް 80 އެޕްލިކޭޝަން

Saeeed

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ވަރަށް ކާމިޔާބު: ސައީދު

“އުފެންއްދުންތެރިކަމުގެ މައުރަޒު 2025” އަށް ތަކެތި ބަލައިގަންނަން ފަށައި

“މޯލްޑިވްސް އެކްސްޕޯ 2025” ބައިވެރިވުމުގެ އަގު ހެޔޮކޮށްފި