ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަނޑުމަހުގެ މަސްވެރިކަމަށް ޚާއްޞަ ރޭޓިންގްއެއް ކަނޑައަޅައިފި

masverin
TTH_Ads
STO_Ads
Advertisement

ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ޚާއްޞަ ރޭޓިންގްއެއް ކަނޑައަޅައިފި އެވެ.

މިއީ [ސީފުޑް ވޮޗް] ގެ ތާރީޚުގައި ވެސް ވަކި ޤައުމަކަށް ޚާއްޞަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންގްއެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.

މިކަމާ ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ މިއީ ދިވެހިރާއްޖެއަށާއި، ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި މަސްވެރިކަން ވަޒަންކުރުމުގައި ލިބުނު ތާރީޚީ ކުރިއެރުމެއްކަމަށެވެ.

HajjCop_ads
Advertisement

އެމެރިކާގެ މަސްވިއްކާ ކުންފުނިތަކުން އަދި އެހެނިހެން ފަރާތްތަކުން މަސް ގަތުމުގައި ރިޢާޔަތްކުރާ މޮންޓަރޭ ބޭ އެކުއޭރިއަމްގެ [ސީފުޑް ވޮޗް] ޕްރޮގްރާމުން އެންމެ ފަހުން އާންމުކުރި މިންގަނޑުގައި ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. ވުޒާރާއިން ބުނީ އިންޑިއާ ކަނޑުގެ އެކި ސަރަޙައްދުތަކުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ދެމެހެއްޓެނިވިކަމާގުޅޭ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މުޅި ސަރަޙައްދުންވެސް ކަނޑުމަހުގެ ވިޔަފާރީގައި އިޚްތިޔާރުކުރަން އެންމެ ރަނގަޅު ނުވަތަ “ބެސްޓް ޗޮއިސް” ގެ ގޮތުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ރޭޓްކުރެވިފައި ވާކަމަށެވެ. މިއީ ދިވެހި މަސްވެރިންނާއި، މަސް ގަނެ ޕްރޮސެސްކުރާ ފަރާތްތަކާއި، ސަރުކާރުން ގިނަ އަހަރުތަކެއް ވަންދެން ކުރަމުން އަންނަ ބުރަ މަސައްކަތުގެ ނަތީޖާކަމަށް ވުޒާރާއިން ވަނީ ބުނެފަ އެވެ.

މިކަމާ ގުޅިގެން މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ މިއީ ދިވެހިރާއްޖެއަށް ފަޚުރުވެރި ވަގުތުކޮޅެއް ކަމަށާއި، [ސީފުޑް ވޮޗް] އިން ވަކި ޤައުމަކަށް ހާއްޞަކޮށް ދޭ ރޭޓިންގްއެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބުމަކީ، ދެމެހެއްޓެނިވިކަމާއި ޒިންމާދާރުކަމުގެ މައްޗަށް ބިނާވެފައިވާ ރާއްޖޭގެ މަސްވެރިކަމުގެ މޮޑެލް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަނެފައިވާކަމުގެ ހެއްކެއްކަމުގަ އެވެ. އަދި މިއީ އިގްތިސާދު ބިނާކުރުމާއި ކަނޑުފަޅުތައް ރައްކާތެރިކުރުމުގައި ދިވެހި މަސްވެރިން ކުރަމުން އަންނަ މަސައްކަތުގެ ފޮނި ނަތީޖާކަމުގައި ވެސް ވަޒީރު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސަައްކަތްތަކެއް ކުރަމުން ނެވެ.

މި ކުރިއެރުމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އުފައްދާ ކަނޑުމަހުގެ ބާވަތްތަކަށް ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް މާކެޓް ކަމަށްވާ އުތުރު އެމެރިކާގެ މާކެޓަށް ވަނުމަށް ދިވެހި މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ފުރުސަތު ފަހިވެގެންދާނެ އެވެ. ދުނިޔޭގެ ބާޒާރުގައި ދެމެހެއްޓެނިވި މަސްވެރިކަމަށް ދޭ ސަމާލުކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، މި ރޭޓިންގްގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކަށް ރަނގަޅު އަގުތަކެއް ހޯދުމަށާއި، ބައިނަލްއަގުވާމީ ވާދަވެރިކަމުގައި ރާއްޖެ ކުރިހޯދުމަށް މަގުފަހިވެގެންދާނެ އެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ދ ދަންޑަހިލު
ދެމެހެއްޓެނިވި ކަނޑުމަހުގެ މަސްވެރިކަމުގަ ޒަމާންތަކެއްވަންދެން މިކަމުގެތެރޭގަ މަސައްކަތްކުރަށް ދިވެޙ ހީވާގި ވިޔަފާރިވެރިންނައި ސަރުކާރަށް އަށްސަރިބަހައި ތަހުނިޔާދަންނަވަން ހިތާމަޔަކީ ވޭތުވެދިޔަސަރުކާރުތަކުން ހީވްގިމަސް ވެފިންބިކަކޮށް މަގުމަތިކުރާތީ ހަމަމިދަނޑިވަޅުގަ ރޖ.ޑރ.މމ.މަސްވެރިންނަށް ކުރިންޖައްސާފައޮތް ބުރައާއިނުތަވަސްކަން ފިލުވަލަދެއްވުންއެދެން އަދިމަސްވެރިންނަށް ދޭންހުރިލާރިކޮޅު ކެމްޕޭނުތަކަށް ޚަރަދުނުކުރެށްވަން ނަޝޭހަތްތެރިވަން.އެންމެފަހުންވެސް ޗޯރޭމެންއެކަންއެގޮތަށްކޮށްފައޮތީ.

ގުޅުންހުރި

Masverin

ލައިސަންސް އޮތް މަސްވެރި އުޅަނދުތަކުގެ ޢަދަދު 502އަށް

Mifco

މަސްވެރިން ކިރުވި މަހަށް މި ދެދުވަހު އެކަނިވެސް 2.3 މިލިއަން ރުފިޔާ ދޫކޮށްފި

މަސްވެރިކަމުގެ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ސަރަހައްދީ ޚާއްޞަ ޕްލެޓްފޯމެއް ޤާއިމުކުރަނީ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 99 ކަނދުފަތި އަޅައިފި