އަނގައިން ލޭ އައިސް، ޚަބަރު ހުސްވެފައި އޮތް މީހަކު މާލޭގެ މަގެއް މަތިން ފެނިގެން، އައިޖީއެމްއެޗަށް މިއަދު ގެންގޮސްފިއެވެ.

ފުލުހުން ބުނީ ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ޚަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު އިރުއޮއްސި 18:18 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.

އެއީ ބިދޭސީ ފިރިހެނެކެވެ. އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

އޭނާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.