ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

Original
STO_Ads
TTH_Ads

2026 ވަނަ އަހަރުގެ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނުދިނުމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ލޯނަށް އެދި ހުށަހަޅަންވާނީ، “ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު” ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދައިން ޝަރުތު ހަމަވާ ފަރާތްތަކުން ކަމަށެވެ.

މި ސްކީމްގެ ދަށުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 ން ފެށިގެން ފެންވަރު 10 ގެ ނިޔަލަށް ހުރި ޕުރޮގުރާމްތަކެވެ. އަދި، އޭގެ އިތުރަށް ޕްރޮފެޝަނަލް ލައިސަންސް ޕުރޮގުރާމުތަކާއި، މެޑިކަލް ސްޕެޝަލައިޒޭޝަނާއި، މެޑިކަލް ދާއިރާ ފެލޯޝިޕް ޕުރޮގުރާމުތައް ފުރިހަމަކުރުމަށް ލޯނުގެ ފުރުޞަތުތައް ވަނީ ހުޅުވާލާފައިވެއެވެ.

Maldivian_Ads

ކުރިން ލޯނު ދޫކޮށްފައިވާ ދަރިވަރަކު ފުރިހަމަކުރަމުން ދާ ޕުރޮގުރާމު ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތުގައި، އެ ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ ހިނދެއްގައި، އެކަމަށް އިތުރު މާލީ އެހީއެއް ދިނުމުގެ ގޮތުން ދޭ ޓޮޕްއަޕް ލޯނު ފުރުޞަތުތައް ވެސް ހުޅުވާލާފައިވެއެވެ.

ފުރިހަމަކުރި ނުވަތަ ފުރިހަމަކުރަމުންދާ ޕްރޮގްރާމެއްގެ ދާއިރާއިން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށް ކޮންމެހެން ހަދަންޖެހޭ އިންޓާންޝިޕެއް އޮތްނަމަ، އެ އިންޓަންޝިޕް ހެދުމަށް ލޯނު ހޯދަން އެދުމުގެ ފުރުޞަތުތައް ވެސް ވަނީ ހުޅުވާލައިފައެވެ.

ލޯނަށް އެދި އެޕްލިކޭޝަން ހުށަހެޅޭނެ ދާއިރާތައް ކުރި ޕޯޓަލުން ފެންނަން ހުންނާނެއެވެ. ލޯނަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާނީ ވެސް މި ޕޯޓަލް މެދުވެރިކޮށެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ބޭއްވުނު ރަސްމިއްޔާތުގައި، ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވީ މި އަހަރުގެ ލޯނު ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއެއް ނެތި މުޅި އަހަރަށް ފުރުޞަތުތައް ހުޅުވާލެވިފައިވާ ކަމަށެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

442686 7a99e863 e

ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރުވުމުން ޔުނިވާސިޓީއަކަށް ބަދަލުވެވޭގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

Ghgh

މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް އޭޕްރީލްމަހުގެ ނިޔަަލަށް 55.5 މިލިޔަން ރުފިޔާ ދޫކޮށްފި