ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއަށް މުދާ އެތެރެކުރުމުގެ އައު މަގުތަކެއް ހޯދައި، ޔޫއޭއީން ޑައިރެކްޓް ފްލައިޓްތައް ފަށައިފި

saeed
STO_Ads
TTH_Ads
Advertisement

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވި ގޮތުގައި، ޔޫއޭއީން ރާއްޖެއަށް ޑައިރެކްޓް ފްލައިޓްތަކެއް މިހާރު ވަނީ ފަށާފައެވެ. އަދި ރާއްޖެއަށް މުދާ އެތެރެކުރުމަށް އައު މާކެޓުތަކެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކާމިޔާބުކަމާއެކު ކުރަމުންނެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، މާރިޗު 4 ވަނަ ދުވަހުން ފެށިގެން ޔޫއޭއީން ފްލައިޓްތައް ފަށާފައިވާއިރު، އެ ޤައުމުން އަންނަ ކާގޯގެ މިންވަރުވެސް އިތުރުވަމުންދާ ކަމަށެވެ. މިވަގުތު ކަނޑުމަގުން ރާއްޖެއަށް އެތެރެކުރާ މުދަލަށް މާބޮޑު އަސަރެއް ކޮށްފައިނުވި ނަމަވެސް، މުދާ އެތެރެކުރުމަށް އިތުރު މަގުތައް ހޯދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން އިންޑިއާ، ޗައިނާ، ތައިލޭންޑް، މެލޭޝިއާ، ވިއެޓްނާމް އަދި އިންޑޮނޭޝިއާ ފަދަ ޤައުމުތަކުން އަސާސީ މުދާ އެތެރެކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ކުރިން ވިޔަފާރީގެ ގުޅުން މާބޮޑަށް ޤާއިމުކުރެވިފައިނުވާ މާކެޓުތަކާ ވާހަކަދައްކައިގެން އައު ގުޅުންތައް އުފެއްދުން ހިމެނެއެވެ.

މީގެ އިތުރުން، އިމާރާތްކުރުމުގެ ސިނާޢަތަށް ދިމާވެފައިވާ ދަތިތައް ވަރަށް ގާތުން ބަލައި، އެކަންކަން އޮޅުންފިލުއްވަމުން ގެންދަވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދަލުގެ ކަށަވަރުކަން ޤާއިމުކުރުމަށްޓަކައި އެސްޓީއޯ މެދުވެރިކޮށް، ކަނޑުމަގުން ދަތުރުކުރާ ބޯޓުފަހަރު އޮޕަރޭޓްކުރާ ފަރާތްތަކާއެކު ސަރުކާރުން އަންނަނީ މަޝްވަރާކުރަމުންނެވެ. އަދި ހަމައެހެންމެ، ރާއްޖޭގައި ތެޔޮ ރައްކާކުރާ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްކުރަމުންދާކަމަށާއި، ބޭރު ދުނިޔޭގައި ތަކެތީގެ އަގަށް އަންނަ ބަދަލުތައްވެސް ސަރުކާރުން ވަރަށް ގާތުން މޮނިޓަރ ކުރަމުންދާކަމަށް ވަޒީރު ސަޢީދު ވަނީ ވިދާޅުވެފައެވެ.

HajjCop_ads
MMA_Ads
Advertisement

MPL_Ads
MWSC_ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HIL0yzSa4AE8LTG

ފިކުރު ތަފާތުވިނަމަވެސް އިޤްތިޞާދީ ތަރައްޤީގައި މަސައްކަތްކުރަންވާނީ ގުޅިގެން: ސަޢީދު

PNC Saeed

ވާދަވެރި ސިޔާސީ ޕާޓީއެއް ނެތުމަކީ އުނިކަމެއް: ސަޢީދު

Saeed

އަންނަ ހަފްތާގައި 2500އަށްވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ރާއްޖެ ގެނެވޭނެ: ސަޢީދު

minister saeed

ޓެކްސީ އަގުތަކަށް ބަދަލު ގެންނާނީ މަޝްވަރާކުރުމަށްފަހު: ސަޢީދު