ސައިކަލެއް ޓްރަކަކުން ވައްޓާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯގެ ޙަޤީޤަތް ފުލުހުން ހާމަކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ އުޅަނދުތަކަކީ އެކި މައްސަލަތަކުގައި ޓޯކުރުމަށްފަހު، ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި އުޅަނދުތަކުގެ ވެރިފަރާތްތަކުން ހަވާލުނުވުމުގެ ސަބަބުން ނައްތާލަން ނިންމާފައިވާ އުޅަނދުތަކެއް ކަމަށެވެ.
އެ އުޅަނދުތައް ނައްތާލުމަށް ހަމަޖެހިފައިވަނީ ޤާނޫނީ އަދި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ރަސްމީކޮށް ހުއްދަ ލިބިފައިވާ އުޅަނދުތަކެއް ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ވީޑިއޯއިން ފެންނަ މަންޒަރަކީ އެ އުޅަނދުތައް ނައްތާލުމަށްޓަކައި ކުނީގެ ގޮތުގައި ތިލަފުށްޓަށް ގެންދިއުމުގެ ކުރިން، ހުޅުމާލެ ފޭސް ދެއަކުން ފުލުހުންނަށް އަލަށް ހަމަޖެހުނު ޓޯޔާޑަށް ގެންގޮސް، ކުނީގެ ގޮތުގައި އެއްތަނަކަށް ޖަމާކުރަމުންދިޔަ މަންޒަރު ކަމަށް ވެސް ބުންޏެވެ.
މި ވީޑިއޯ އާންމުންގެ ބަޔަކު ވަނީ ޙަޤީޤަތް އޮޅޭ ގޮތަށް އެތައް ވާހަކަތަކެއް ފަތުރާފަ އެވެ.










ކިޔުންތެރިންގެ ހިޔާލު