ހުރަވީ ސުކޫލު ގުރޭޑު 9 ގެ ޕްރިފެކްޓުންނާއި ޕޯސްޓު ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ “އިންސްޕަޔަރިންގ ޔަންގު ލީޑާސް” ކޭމްޕު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ކޭމްޕަކީ، ދަރިވަރުންގެ ކިބައިގައި ލީޑަރޝިޕް ހުނަރުތައް އަށަގެންނެވުމަށްއި އެ ހުނަރުތައް ހަރުދަނާކުރުމުގެ މަގުސަދުގައި ކުރިޔަށް ގެންދިޔަ ކޭމްޕެކެވެ.
މި ކޭމްޕުގައި، ދަރިވަރުންގެ ކިބައިގައި އަހުލާގީ ރީތި ސިފަތައް އަށަގެންނެވުމާއި ގުޅިގެން، ބައިވެރިވެގެން ކަންކަން ކުރުމުގެ މުހިންމުކަމަށް ބާރުއެޅުމާއި އިސްލާމީ ރިވެތި ސިފަތައް އަށަގެންނެވުމާއި ގައުމިއްޔަތުގެ ރޫހު އެ ކުދިންގެ ހިތްތަކުގައި ދިރުވައި އާލާކުރުމަށް އަމާޒުކޮށްގެން ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ކޭމްޕަކީ ސުކޫލު ނިންމުމަށް ފަހު މުޖުތަމައުގައި ފަރުދެއްގެ ހައިސިއްޔަތުން ވެސް ކާމިޔާބީ ހޯދާނެ ސިފަތައް އަށަގެންނެވުމުގެ ގޮތުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.
މި މަހު 19 ވަނަ ދުވަހު މި ކޭމްޕު ކުރިއަށް ގެންގޮސްފައިވަނީ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓުގެ އެހީތެރިކަމާއެކު ހުޅުމާލެ ފޭސް 1 ޕޮލިހުންނެވެ.










ކިޔުންތެރިންގެ ހިޔާލު