ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރޭގެ އެކްސިޑެންޓުގައި ދުއްވަން އިނީ ލައިސަންސް ނެތް ޒުވާނެއް: ފުލުހުން

Police vcle
ފުލުހުންގެ ވެހިކަލެއް — ފޮޓޯ: ޕޮލިސް
TTH_Ads
Maldivian_Ads
STO_Ads
Advertisement

މާލޭ ސޯސަންމަގުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު ދުއްވަން އިނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ޒުވާނެއް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ، ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ 2026 ސެޕްޓެމްބަރު 21 ވީ އާދީއްތަ ދުވަހުގެ ދަންވަރު 01:12 އެހައިކަންހާއިރު ކަމަށެވެ.

މި ހާދިސާގައި ޖުމްލަ ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެގޮތުން އަނިޔާވެފައިވަނީ 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނަކަށެވެ. އަނިޔާވި މީހުންގެ ތެރެއިން އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، ދެ ފިރިހެނުންނަށް ފަރުވާ ދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ.

HajjCop_ads
Advertisement

ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު ދުއްވަން އިން 21 އަހަރުގެ ޒުވާނަކީ އެއްގަމު އުޅަނދު ދުއްވުމުގެ އެއްވެސް ކެޓަގަރީއެއްގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޕޮލިސް ސްޓޭޝަންތަކާއި އެކު އަތޮޅުތެރޭގެ ފުލުހުންގެ ޚިދުމަތް އިތުރު ހަރުފަތަކަށް

Igmh

ތޫނުއެއްޗަކުން ހަމަލާދިން ދެ މީހަކަށް ފަރުވާދެނީ

ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ނެޓްވޯކެއް، 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފި

Hiyaa

ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ހައްޔަރުކޮށްފި