ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލެ ސަރަޙައްދުގައި ހަތް ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފެށުމަަށް ސަރުކާރުން ތައްޔާރުވެއްޖެ

Oo
STO_Ads
TTH_Ads
Advertisement

މާލެ ސަރަޙައްދުގައި ހަތް ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފެށުމަަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ މާލެ ސަރަޙައްދުގައި ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ވަރަށް އަވަހަށް މާލެ ސަރަޙައްދުގައި 7 ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފަށާނެކަމަށެވެ.

އެ ބިލްޑިންތަކާއެކު ހަތަރުފުރޮޅުލީ އުޅަނދުތަކަށް 2600އަށްވުރެ ގިނަ ޖާގަ ލިބޭނެކަމަށާއި ދެ ފުރޮޅުލީ އުޅަނދުތަކަށް 1000 ޖާގަ ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

MMA_Ads
HajjCop_ads
Advertisement

މިއީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެގުމާއެކު މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލުކޮށް، ތޮއްޖެހުމާއި ގަވާއިދާ ޚިލާފަށް މަގުމަތީގައި ޕާކުކުރުން މަދުކޮށް، މަގުމަތީގެ ރައްކާތެރިކަން އިތުރުކުރެވޭނެ ކަމެއްކަމަށެވެ.

ސޯޝަލް މީޑިއާގައި މިނިސްޓަރު އަމީން ވަނީ އެޕާކިން ބިލްޑިންތަކުގެ ކުރެހުންތަކެއްވެސް އާންމުކުރައްވާފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހެންވޭރުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ މާލެ ސަރަހައްދުގައި ޕާކިން ބިލްޑިންތަކެއް ތަރައްޤީކުރުމަށް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގައި ހިމާނާފައިވާކަމަށެވެ.

ޕާކިން ބިލްޑިންތަކުގެ ތެރެއިން 2 ބިލްޑިން މާލޭގައި ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މާލޭގެ އިތުރުން ވިލިމާލެއާއި ހުޅުމާލޭގައިވެސް ޕާކިން ބިލްޑިން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ވިދާޅުވީ ވިލިމާލޭގައި ޕާކިން ބިލްޑިންގ ތަރައްޤީކުރާނީ ބްރިޖުން ވިލިމާލެއަށް ފައިބާ ހިސާބުގައިކަމަށެވެ. އަދި ހުޅުމާލޭގައި ޕާކިން ބިލްޑިންގ ތަރައްޤީކުރާނީ ގިނަ ބަޔަކަށް ފަސޭހަ ވާނެ ސަރަޙައްދެއްގައިކަމަށެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Iu

ހަނގުރާމައާ ގުޅިގެން އުދުހުންތައް ހުއްޓާލި ބައެއް އެއާލައިންތަކުން އަލުން ރާއްޖެއަށް ދަތުރުކުރަން ފަށައިފި

ވެހިކަލް ރެޖިސްޓްރޭޝަނަށް ދިމާވާ މައްސަލަ ޕާކިން ބިލްޑިންތަކާއެކު ޙައްލުވާނެ: އަމީން

އިލެކްޓްރިކް ކާރުތަކުގައި ފެހިކުލައިގެ ނަންބަރު ބޯޑު ހަރުކުރަނީ

minister ameen

ޖޫންގެ ކުރީން ހުރިހާ އަތޮޅަކަށް އާރުޓީއެލް ފެރީގެ ޚިދުމަތް ފެށޭނެ: އަމީން