ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވައިޑް ބޮޑީ އެެއާކްރާފްޓްގައި 67،000 އަށްވުރެ ގިނަ ފަސިންޖަރުން ދަތުރުކޮށްފައިވޭ: އަމީން

Maldivian tourist arrival
STO_Ads
TTH_Ads
Advertisement

ގައުމީ އެއާލައިން މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާބޯޓު، ހިދުމަތަށް ނިކުތް ފަހުން 67،000 އަށް ވުރެ ގިނަ ފަސިންޖަރުން ދަތުރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ގާތްގަނޑަކަށް 55،000 ފަސިންޖަރުންނަކީ ފަތުރުވެރިން ކަމަށް މިނިސްޓަރު އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ހާމަކުރައްވައިފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް، ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، އުމްރާ އާއި ހައްޖަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ ދިވެހިން ވެސް މި ބޯޓުގައި ދަތުރުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި މަތިންދާބޯޓު މިހާރު އޮސްޓްރޭލިއާ އާއި ޗައިނާގެ ތިން މަންޒިލަކަށް ދަތުރުކުރަމުންދާ ކަމަށެވެ. އަދި އުމްރާ އާއި ހައްޖު ސީޒަންގެ ޕީކް ދުވަސްވަރު ސައުދީ އަރަބިއްޔާއަށް ކުރާއިރު، ސްކޫލް ބަންދު ދުވަސްތަކުގައި އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗީގެ ސިޓީތަކަށް މި މަތިންދާބޯޓުން ދަތުރު އަޅާފައިވާ ކަމަށެވެ. އަދި މޯލްޑިވިއަންގެ ނެރޯ ބޮޑީ މަތިންދާބޯޓުތަކުގެ ކެޕޭސިޓީއަށް ވުރެ ފަސިންޖަރުންގެ ޑިމާންޑް އިތުރުވުމުން ބަންގްލަދޭޝްގެ ރޫޓުތަކުގައި ވެސް މި މަތިންދާބޯޓު ބޭނުން ކުރާ ކަމަށް މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.

MMA_Ads
HajjCop_ads
Advertisement

މިނިސްޓަރު އަމީން ވިދާޅުވީ ވައިޑް ބޮޑީ އެއާކްރާފްޓް ހޯދުމުގެ އަސާސީ މަގުސަދަކީ ކުއްލި ހާލަތްތަކާއި އެހެނިހެން ކްރިޓިކަލް ހާލަތްތަކުގައި ދުނިޔޭގެ މަންޒިލްތަކަށް ފްލައިޓް އޮޕަރޭޓް ކުރުމުގެ ގާބިލްކަން މިގައުމުގައި ހުރިކަން ކަށަވަރުކޮށްދީ ރާއްޖޭގެ ގައުމީ ސެކިއުރިޓީ ހަރުދަނާކުރުމަށް ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ކޮވިޑް-19 ގެ ދުވަސްވަރު ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ވަރަށް ބޮޑަށް ބުރޫއެރި އިރު، ރާއްޖެއަށް ފްލައިޓްތައް ކުރިއަށް ގެންދެވޭ ގޮތް ވެގެން ދިޔައީ، ބޭސް ހިމެނޭ ގޮތަށް ކޮންމެހެން ބޭނުންވާ ތަކެތި ރާއްޖެ ގެނައުމުގެ ފުރުސަތު ލިބިގެންނެވެ.

އަދި ގައުމީ އެއާލައިނަށް ވައިޑް ބޮޑީ އެއާކްރާފްޓެއް ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތުމަކީ އެމަނިކުފާނުގެ މުހިންމު އިންތިޚާބީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ މެދުއިރުމަތީގައި ހިނގި ހަމަނުޖެހުން ހިމެނޭ ގޮތަށް ފަހުގެ ދުނިޔޭގެ ކަންކަމުން އިތުރަށް ހާމަވެގެން ގޮސްފައިވަނީ މޯލްޑިވްސްގައި ބޭނުންވާ ކޮންމެ ވަގުތެއްގައި މިނިވަންކަމާއެކު ދިގު ދަތުރުތައް އެޅޭނެ މަތިންދާބޯޓެއް އޮތުމުގެ މުހިންމު ކަމަށެވެ.

2025 ވަނަ އަހަރު ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނައުމަށްފަހު މިހާރު ސަރުކާރުން ދަނީ ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
MMA_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

ޝަންގްރިއްލާ ރިސޯޓުގެ އޮޕަރޭޝަން އަންނަ މަހު ފުޅާކުރަނީ

51362324 10155713772127583 8080561078536241152 n

ސްކޫލް ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންއިން އެތެރޭގެ އުދުހުންތައް އިތުރުކުރަނީ

Hajj & Umra

ދިވެހި ހައްޖުވެރިން މިއަދުން ފެށިގެން އެނބުރި ރާއްޖެ އަންނަން ފަށާނެ

Maldivian

ބައިނަލްއަޤުވާމީ އެކި މަންޒިލުތަކަށް މޯލްޑިވިއަންގެ ދަތުރުތަކާއި އެކު ބޮޑު ކާމިޔާބީތަކެއް!