ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަށްވި ރާއްޖޭގެ ފަތުރުވެރިކަން އަލުން އާންމު ހާލަތަށް ގެނެވިއްޖެ: އަމީން

Qw
Maldivian_Ads
TTH_Ads
STO_Ads
Advertisement

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ވައިގެ ދަތުރުފަތުރަށް އެރި ބުރޫއާއެކު ރާއްޖޭގެ ފަތުރުވެރިކަން ހަތަރު މަހަށް ދަށްވެގެން ދިޔުމަށްފަހު، ފަތުރުވެރިކަމުގެ ސިނާއަތާއި ސަރުކާރު ގުޅިގެން ކުރެވުނު މަސައްކަތުން ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން އާންމު ހާލަތަށް އިޔާދަކުރެވިފައިވާކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޓުއަރިޒަމް އިންޓެލިޖެންސް ކުއާޓަލީ ބްރީފިންގައި ވާހަކަ ދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ މިފަދަ ބްރީފިންއެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް މުޅި ގައުމަށް ހުޅުވާލައި، ރައްޔިތުންނާއި ރަށްރަށަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ. މެދުއިރުމަތީގެ މަޝްރަހަށް އައި ބަދަލުތަކާއެކު ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، ސަރުކާރާއި ކަމާގުޅޭ އިދާރާތަކުން ގުޅިގެން އެޅި ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ މާކެޓުތަކުގައި ގުޅުން އިތުރަށް ވަރުގަދަކޮށް، އައު މާކެޓުތަކަށް ފުރުސަތު ހުޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ވަޒީރު ހާމަކުރެއްވިއެވެ. އެގޮތުން އޮސްޓްރޭލިއާއަށް މިހާރު ގައުމީ އެއާލައިންގެ ދަތުރުތައް ފަށާފައިވާއިރު، އިތިއޯޕިއަން އެއާލައިންސްގެ ދަތުރުތައް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ފެށުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

އަންނަ އަހަރު “ވިޒިޓް މޯލްޑިވްސް” އަހަރުގެ ގޮތުގައި ފާހަގަކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ބައިނަލްއަގުވާމީ ގޮތުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރުމަކީވެސް މި އަހަރު ފާހަގަކުރުމުގެ މުހިންމު މަގުސަދެއް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގެ މަސައްކަތަށް ސަރުކާރުން އެކަށީގެންވާ ރަނގަޅު މާހައުލެއް ގާއިމުކޮށްދޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ފަތުރުވެރިކަމާ ގުޅުން ހުރި ކޮންމެ މަސައްކަތަކީ އެންމެންގެ ހިއްސާ އޮވެގެން ކުރެވޭނެ ގައުމީ މަސައްކަތެއްކަން ފާހަގަކުރައްވައި، ސަރުކާރުގެ އެންމެ މުހިންމު ދައުރަކަށްވާނީ އެ މަސައްކަތަށް އެކަށޭނެ މާހައުލެއް ހޯދައިދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވިޒިޓް މޯލްޑިވްސް އިޔާ ކާމިޔާބު ކުރެވޭނީ ސިނާއަތުގެ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ގުދުރަތީ މާހައުލާއި ދިވެހީންގެ މެހެމާންދާރީއަކީ ދުނިޔެ ނަމޫނާއެއްގެ ގޮތުގައި ބަލައިގަނެފައިވާ ކަންކަން ކަމަށާއި، ދިވެހިންނަކީ ސިނާއަތަށް އަންނަ ބަދަލުތަކަށް އަވަހަށް ހޭނޭ ބައެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ފަތުރުވެރިކަމުގެ އަހަރުގެ މަސައްކަތް ފަށަނީ ވަރުގަދަ ބިންގަލެއްގެ މަތީގައިކަމަށް ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ވިޒިޓާ ސާވޭގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަށްޑިހަ ފަސް އިންސައްތައަށް ވުރެ މަތީ އިންސައްތައެއް އަލުން އަނބުރާ ރާއްޖެއަށް އަންނަން ބޭނުންވާ ކަމަށެވެ. މީގެ އިތުރުން ނުވަދިހަ އިންސައްތައަށްވުރެ ގިނަ މީހުން އެމީހުންގެ ރައްޓެހިންނަށް ރާއްޖެއަށް އައުމަށް ރިކޮމެންޑް ކުރާނެ ކަމަށް ބުނެފައިވާއިރު، އަށްޑިހަ އިންސައްތައަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީގެ ތަޖުރިބާއާމެދު އިންތިހާއަށް ހިތްހަމަޖެހޭކަން ހާމަކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian tourist arrival

ވައިޑް ބޮޑީ އެެއާކްރާފްޓްގައި 67،000 އަށްވުރެ ގިނަ ފަސިންޖަރުން ދަތުރުކޮށްފައިވޭ: އަމީން

Io

ޝަންގްރިއްލާ ރިސޯޓުގެ އޮޕަރޭޝަން އަންނަ މަހު ފުޅާކުރަނީ

Iu

ހަނގުރާމައާ ގުޅިގެން އުދުހުންތައް ހުއްޓާލި ބައެއް އެއާލައިންތަކުން އަލުން ރާއްޖެއަށް ދަތުރުކުރަން ފަށައިފި

ވެހިކަލް ރެޖިސްޓްރޭޝަނަށް ދިމާވާ މައްސަލަ ޕާކިން ބިލްޑިންތަކާއެކު ޙައްލުވާނެ: އަމީން