ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޝަންގްރިއްލާ ރިސޯޓުގެ އޮޕަރޭޝަން އަންނަ މަހު ފުޅާކުރަނީ

Io
TTH_Ads
STO_Ads
Advertisement

ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ހުޅުވި ޝަންގްރިއްލާ ވިލިނގިލީ ރިސޯޓުގެ އޮޕަރޭޝަން އަންނަ ޖުލައި މަހުގެ މެދުތެރޭގައި ފުޅާކުރެވޭނެ ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ޖުލައި މަހުގެ މެދުތެރެއަށް ދާއިރު ޝަންގްރިއްލާ ވިލިނގިލީ ރިސޯޓުގެ އޮޕަރޭޝަން ކެޕޭސިޓީ އިތުރުކުރެވޭނެ ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން އެ ރިސޯޓުގެ އިސްވެރިންނާއެކު މިހާރުވެސް މަޝްވަރާކުރެވިފައިވާ ކަމަށާއި، ރަނގަޅު ފެންވަރަކަށް އޮޕަރޭޝަންސް ފުޅާވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަންގްރިއްލާ ގްރޫޕުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، މިހާރު އެ ރިސޯޓު ހިންގަމުން އަންނަނީ މަދު ވިލާތަކަކުން ޚިދުމަތްދޭ ގޮތަށެވެ. އަދި ރިސޯޓުގެ މަރާމާތުގެ ބައެއް މަސައްކަތްތައް އަދިވެސް ދަނީ ކުރިއަށެވެ.

މީގެ އިތުރުން، އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް ރޭވިފައިވާ ހަންކެޑެ މަޝްރޫއާ ގުޅޭގޮތުން ވެސް މަޖިލީހުގައި ވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެ ސަރަހައްދުގައި އައު މަޝްރޫއެއް ފެށުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ދެ ތިން ހަފުތާގެ ތެރޭގައި އެ މަޝްރޫއުގެ ވަރަށް ތަފުސީލީ މައުލޫމާތު އިއުލާނުކުރެވި، އަމަލީ މަސައްކަތް ފެށޭނެ ގޮތަށް ކަންކަން ރޭވިގެންދާނެ ކަމަށް ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.

MMA_Ads
HajjCop_ads
Advertisement

އެންމެ މަތީ ފަންތީގެ ފަތުރުވެރިންނަށް ޚާއްސަކޮށްގެން ލަގްޒަރީ ފެންވަރުގައި ތަރައްގީކޮށްފައިވާ ޝަންގްރިއްލާ ރިޒޯޓު ރަސްމީކޮށް ހުޅުވީ 2009 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ. އެ ރިސޯޓަކީ ސްޕީޑް ލޯންޗަކުން ފަސް މިނެޓު ތެރޭގައި ދަތުރުކޮށްފައި އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދެވޭހާ ކައިރީގައި އޮންނަ ތަނެކެވެ. ކޮވިޑް ނަވާރަ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރުގެ އޭޕްރިލް މަހު އެ ރިސޯޓު ބަންދުކުރުމަށްފަހު، އަލުން ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
HajjCop_ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Iu

ހަނގުރާމައާ ގުޅިގެން އުދުހުންތައް ހުއްޓާލި ބައެއް އެއާލައިންތަކުން އަލުން ރާއްޖެއަށް ދަތުރުކުރަން ފަށައިފި

ވެހިކަލް ރެޖިސްޓްރޭޝަނަށް ދިމާވާ މައްސަލަ ޕާކިން ބިލްޑިންތަކާއެކު ޙައްލުވާނެ: އަމީން

Oo

މާލެ ސަރަޙައްދުގައި ހަތް ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފެށުމަަށް ސަރުކާރުން ތައްޔާރުވެއްޖެ

އިލެކްޓްރިކް ކާރުތަކުގައި ފެހިކުލައިގެ ނަންބަރު ބޯޑު ހަރުކުރަނީ