ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގައުމަށް ހިދުމަތް ކުރުމުގެ ވިސްނުމެއް އިދިކޮޅު ފަރާތްތަކުން ނުގެންގުޅޭ: ނާޒިމް

STO_Ads
TTH_Ads
Maldivian_Ads
Advertisement

ގައުމަށް ހިދުމަތް ކުރުމުގެ ވިސްނުމެއް އިދިކޮޅު ފަރާތްތަކުން ނުގެންގުޅޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހެންވޭރު ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެރިކަމަށް ވަޑައިގެންނެވި ދުވަހު ވަނީ ދައުލަތުގެ އޮނިގަނޑު އެކުލަވާލައްވައި، މިނިސްޓަރުންނަށް މަސްއޫލިއްޔަތު ހަވާލުކޮށްފައި ކަމަށެވެ. ރައީސް މުއިއްޒު ގައުމާ ހަވާލުވެވަޑައިގެންނެވިއިރު ހުރިހާ އިދާރާތަކެ އްވަނީ ވިއްސިވިހާލިވެފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ކުރީ ސަރުކާރުތަކުގައި އަމާޒެއް، ވިސްނުމެއް ނެތް ކަމަށާއި އެ ބޭފުޅުން ބޭނުންވީ ހަމައެކަނި ވެރިކަން ކަމަށެވެ.

HajjCop_ads
Advertisement

“އިދިކޮޅު ފަރާތްތަކުން ވެރިކަމާ ހަވާލުވިއިރު މި ސަކާރަތް ޖަހަން ޖެހުނު ހަގީގީ ސަބަބަކީ ހަގީގަތުގަ އެ ބޭފުޅުންގެ ވިސްނުމުގާ ސިޔާސަތެއް، އަމާޒެއް ނެތުން. ވެރިކަން ހޯދުން އެއީ ހަމައެކަނި ކުރަން ބޭނުންވެފައިވާ ކަން ކަމުގައިވެފައިވާތީ. މީހުން ވެރިކަން ހޯދަނީ މި ދެންނެވިހެން ގައުމަށް ހިދުމަތް ކުރަން ބޭނުންވާތީ. ސިޔާސީ މަސައްކަތުގެ އުޅެނީ ގައުމަށް ހިދުމަތް ކުރަން ބޭނުންވާތީ. އެ ނޫން ނިޔަތެއްގެ ސިޔާސީ މަސައްކަތުގައި އުޅުއްވަންޏާ އަވަހަށް ގެއަށް ވަޑައިގަންނަވާ” ނާޒިމް

“ދުނިޔޭގެ އިދިކޮޅު ޕާޓީގައި ތިބެގެންވެސް މީހުން ގައުމަށް ހިދުމަތްކުރޭ. އެެހެންނަމަވެސް މި ބޭފުޅުންގެ މި ވިސްނުމެއް، މި ފިކުރެއް ނެތް”

ތަރައްގީވަމުން އަންނަ ގައުމަކަށް މުހިންމުވާނީ ދެމެހެއްޓެނެވި ގޮތަކަށް ތަރައްގީގެ މަސައްކަތް ކުރުން ކަމަށް ނާޒިމް ވިދާޅުވިއެވެ. ސިޔާސީ ހަމަނުޖެހުމަކީ ތަރައްގީވަމުން އަންނަ ގައުމަކަށް އެތަކެއް ދަތިތަކެއް ކުރިމަތިކުރުވާނެ ކަމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Muiz

2028ގެ ރިޔާސީ ޓިކެޓު ރައީސް މުއިއްޒަށް ދޭން ފާސްކޮށްފި

PNC leadership

މަތީ މަޖިލީހުގެ ވޯޓުލުން ކުރިއަށްގެންދާނީ ޕާޓީގެ އަސާސީ ޤަވާޢިދާއި އެއްގޮތަށް: ޕީއެންސީ

pnc

ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގެ އޮފިޝަލުންނާ ޕާޓީގެ ލީޑަރޝިޕުން ބައްދަލުކުރައްވައިފި

Minister Rafiu

މިއީ އާ ފެށުމެއްގެ ގޮތުގައި ކުރިއަށްދާންވީ ވަގުތު: ރާފިޢު