ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލްގެ 43 ވަނަ އަހަރީ އާންމު ޖަލްސާ ހޮނިހިރު ދުވަހުގެރޭ ބޭއްވުމަށް ނިންމައިފި

bml
ބީއެމްއެލް ހެޑް އޮފީސް —
STO_Ads

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 43 ވަނަ އަހަރީ އާންމު ޖަލްސާ، މި ހިނގާ މާރިޗު މަހުގެ 28 ވާ ހޮނިހިރު ދުވަހުގެރޭ ބޭއްވުމަށް އެ ބޭންކުން ނިންމައިފިއެވެ.

ބާސެލޯ ނަސަންދުރާ މާލޭގެ ބޯލްރޫމްގައި ކުރިއަށްދާ މި ޖަލްސާގައި ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުންނަށް ހާޒިރުވެގެންނާއި، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ “ފަހިވޯޓް” މެދުވެރިކޮށް އޮންލައިންކޮށްވެސް ބައިވެރިވެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. ޖަލްސާގައި ބައިވެރިވުމަށް ޕްރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އެމްއެސްޑީގެ “އިންފިނިޓީ” ޕޯޓަލް މެދުވެރިކޮށް މިހާރު ހުޅުވާލާފައިވާއިރު، މި ފުރުސަތު ހަމަވާނީ މި މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ ރޭ 9:00 އަށެވެ.

މިއަހަރުގެ ޖަލްސާއަކީ ހިއްސާދާރުންނަށް ވަރަށް މުހިންމު ނިންމުންތަކެއް ނިންމުމަށް އެޖެންޑާކުރެވިފައިވާ ޖަލްސާއެކެވެ. އެގޮތުން ބޯނަސް ހިއްސާ ދޫކުރުމާއި، ހިއްސާ ބައިކުރުމުގެ އިތުރުން ބޭންކުގެ އަސާސީ ގަވާއިދަށް ގެނެވޭ އިސްލާހުތައް ފާސްކުރުން ހިމެނެއެވެ. މިކަންކަމަކީ ޚާއްސަ ގަރާރަކުން ފާސްކުރަންޖެހޭ ކަންކަމަށްވާތީ، ވީހާވެސް ގިނަ ހިއްސާދާރުންގެ ބައިވެރިވުމަށް ގައުމީ ބޭންކުން ވަނީ އެދިފައެވެ.

Maldivian_Ads

ފާއިތުވި 2025 ވަނަ އަހަރަކީ ބީއެމްއެލްއަށް މާލީ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެވުނު، ރެކޯޑު އަހަރެކެވެ. ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެކެވެ. ހަމައެހެންމެ ބޭންކުގެ ޖުމްލަ އެސެޓް 55.8 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ބޭންކުގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް އެއް އަހަރު ތެރޭގައި 10 ބިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.

މީގެ އިތުރުން، ނިމިދިޔަ އަހަރު 30،000 އަށްވުރެ ގިނަ އައު ކަސްޓަމަރުން ވަނީ ބޭންކާ ގުޅިފައެވެ. އަދި ކަސްޓަމަރުންގެ ޑިޕޮސިޓް 2024 ވަނަ އަހަރާ އަޅައިބަލާއިރު 16 އިންސައްތަ އިތުރުވެފައިވުމަކީ، ދިވެހިރާއްޖޭގެ ގައުމީ ބޭންކަށް އާންމުންގެ މެދުގައި އޮތް އިތުބާރު ވަރުގަދަކަން ހާމަކޮށްދޭ ކަމެއްކަމުގައި އެ ބޭންކުން ފާހަގަކުރެއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 04 16 at 11.31.50

ބީއެމްއެލް އިން ވީރަން މޯލްޑިވްސްއާއެކު އެއްބަސްވުމެއް ގާއިމްކޮށްފި

Large thumb

ބީއެމްއެލްއިން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގެ އެތުލީޓުން ތަމްރީނު ކުރުމަށް އެހީތެރިވެދެނީ

2.jpg

ބީއެމްއެލް އާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން ކުޅިވަރުގެ ދާއިރާއިން އެތުލީޓުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ނިންމައިފި

ބީއެމްއެލް ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގއަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދު %5އަށް ކުޑަކޮށްފި