ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑަބްލިއުއެސްސީން އިއާދަކުރަނިވި ހަކަތައިން ފެން އުފައްދަނީ

STO_Ads
TTH_Ads
Advertisement

ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގެ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްޑަބްލިއުއެސްސީން އަންނަނީ ތަފާތު އީޖާދީ ގޮތްތައް ބޭނުންކޮށްގެން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.

އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވި ގޮތުގައި، މާލެ ސަރަހައްދުގެ ފެނުގެ ވިޔުގަ ސިނަމާލެ ބުރިޖް މެދުވެރިކޮށް ގުޅާލައި ދުވާލަކަށް 20,000 ޓަނުގެ ފެން މިހާރު ދަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން، މާލެ ސަރަޙައްދުގައި 10,000 ޓަނުގެ ތާނގީއެއް ބޭނުންކުރަން ފަށާފައިވާއިރު، 13,000 ޓަނުގެ އިތުރު ދެ ތާނގީއެއްގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީއާއި ހިޔާ ސަރަޙައްދަށް އަމާޒުކޮށް އިތުރު 13,000 ޓަނުގެ ތާނގީއެއްގެ މަސައްކަތް މިއަހަރު ފަށާނެއެވެ. މި މަޝްރޫޢުތަކާއެކު 2027 ވަނަ އަހަރު އަންނަންވާއިރަށް މާލެ ސަރަޙައްދުގެ ފެން ރައްކާކުރުމުގެ ޤާބިލުކަން 130 އިންސައްތައަށް އިތުރުވެގެންދާނެއެވެ.

ފެން އުފައްދާ މިންވަރު އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބަލާއިރު، މިއަހަރުގެ ތެރޭގައި 5,000 ޓަނުގެ ފެން އުފައްދާ އައު ނިޒާމެއްގެ މަސައްކަތް ނިންމައި މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. މިއާއެކު މާލެ ސަރަޙައްދުގައި ފެން އުފެއްދުމުގެ ޤާބިލްކަން ވަނީ 25 އިންސައްތައަށް އިތުރުކުރެވިފައެވެ.

HajjCop_ads
Advertisement

ފެނުގެ ޚިދުމަތުގައި އެމްޑަބްލިއުއެސްސީން ހޯދާފައިވާ އެންމެ ބޮޑު އެއް ކާމިޔާބީއަކީ، ހަމައެކަނި އިރުގެ ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމަށް ހދ. ކުޅުދުއްފުށީގައި ފަށާފައިވާ ޚާއްޞަ މަޝްރޫޢެވެ. ޑީސަލް ބޭނުންނުކޮށް ފެން އުފެއްދުމަށް 500 ކިލޯވޮޓުގެ ސޯލާ ސިސްޓަމަކާއި 1450 ކިލޯވޮޓުގެ ބެޓަރީ ސިސްޓަމެއްގެ އިތުރުން 500 ޓަނުގެ އާރްއޯ ޕްލާންޓެއް މި މަޝްރޫޢުގައި ހިމެނޭއިރު، މިހާރު ކުރިއަށްދަނީ މިއީ ޓެސްޓު ކުރުމުގެ މަރުޙަލާއެވެ.

މަތީން ވިދާޅުވި ގޮތުގައި، ޑީސަލާ ނުލައި މިފަދަ އަސާސީ ޚިދުމަތެއް ފޯރުކޮށްދެވުމަކީ އިޤްތިޞާދީ ގޮތުންނާއި ޤުދުރަތީ ކާރިސާތަކުގެ ވަގުތުގައިވެސް ލިބިގެންދާނެ ވަރަށް ބޮޑު ރައްކާތެރިކަމެކެވެ. ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދަ ކުޑަވެ، ރާއްޖޭގައި ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ފެން އުފެއްދުމަކީ ރާއްޖޭގައި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ފެށުނު މުޅިން އައު މަރުޙަލާއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މުއާޒު އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފި

MWSC

މާލޭގެ ސްވަރޭޖް މެއިންލައިން އެކްސްޓެންޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

Img md 202606070732061780842726.1197

އެމްޑަބްލިޔުއެސްސީ ސޮލިއުޝަންސް އިން ކޮމްޕެކްޓް ފެން ޕަމްޕް ބާޒާރަށް ނެރެފި

Img md 202606070147021780822022.9425

ގަސް އިންދުމުގެ މަޝްރޫޢަށް އެމްޑަބްލިޔުއެސްސީގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފި