ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޖިނިއާސް އެވޯޑްސް ހަފްލާ: އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް

Original
Maldivian_Ads
STO_Ads
TTH_Ads
Advertisement

މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.

އެގޮތުން ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑާއި ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް ވަނީ ލިބިފަ އެވެ. ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް ލިބުނީ ހދ. ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ، 100% އަވިން ހަކަތަ އުފައްދައިގެން ހިންގާ، ތިމާވެއްޓަށް ގެއްލުންދޭ ވިހަ ގޭސްތައް ބޭރުނުކުރާ (ޒީރޯ އެމިޝަން) ފެން އުފައްދާ ނިޒާމަށެވެ.

HajjCop_ads
Advertisement

އިންޖިނިއާސް އެވޯޑްސް ހަފްލާގައި އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ވަނީ ބޮޑު ޝަރަފެއް

އަދި ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް ލިބުނީ ރ. ދުވާފަރުގައި ގާއިމްކޮށްފައިވާ އިންޓެގްރޭޓަޑް ޔުޓިލިޓީ ސަރވިސް މޮޑެލްއަށެވެ. ދުވާފަރުގެ މި މޮޑެލްއަކީ ބޯފެން އުފައްދައި ފޯރުކޮށްދިނުން، ނަރުދަމާގެ ނިޒާމު، ކުނި މެނޭޖުކުރުން،ކަރަންޓުގެ ޙިދުމަތް، ވާރޭފެން ރައްކާކުރުން އަދި އިއާދަކުރަނިވި ހަކަތައިގެ ހައްލުތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭ މޮޑެލެކެވެ.

މީގެ އިތުރުން، އިންޑިވިޖުއަލް ކެޓަގަރީން، އެމްޑަބްލިއުއެސްސީގެ ރިސްކް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ ޖެނެރަލް މެނޭޖަރ، ޑރ. ފުރުޤާން އިބްރާހީމަށް ވަނީ “އިންޖިނިއާ އޮފް ދަ އިޔާ އެވޯޑު” އަދި “އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާރޗް އެވޯޑު” ލިބިފަ އެވެ.

އެމްޑަބްލިއުއެސްސީން ބުނީ މިއީ ކުންފުންޏާއި ކުންފުނީގެ ހުރިހާ މުވައްޒަފުކަށް ފަޚުރުވެރި ކާމިޔާބީއެއް ކަމަށެވެ. މިއާއެކު މިއަހަރު އެންމެ ގިނަ އެވޯޑު ހޯދި ކުންފުނީގެ ޝަރަފު ފެން ކުންފުނިން ވަނީ ހޯދިފައެވެ.

އެ ކުންފުނިން ބުނީ މި ކާމިޔާބީތަކުން ދައްކުވައިދެނީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އިންޖިނިއަރިން ޙައްލުތައް ހޯދުމަށާއި، އައު އީޖާދުތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން މުޖުތަމަޢުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އެހީތެރިވުމަށް އެމްޑަބްލިޔުއެސްސީއިން ދޭ އަހައްމިއްޔަތު ކަމަށެވެ. ހަމައެހެންމެ، މިއީ ފެނާއި ނަރުދަމާގެ ދާއިރާ ހަރުދަނާކުރުމަށް މިކުންފުނީގެ އިންޖިނިއަރުންނާއި މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތާއި ފަންނީ ގާބިލުކަން ހާމަވެގެންދިޔަ ކަމެއް ކަމަށް ވެސް ބުންޏެވެ.

އެމްޑަބްލިޔުއެސްސީގެ މައިގަނޑު އަމާޒަކީ އިންޖިނިއަރިންގެ ދާއިރާއިން މަތީ ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމާއެކު، ދިރާސާތަކާއި އީޖާދީ މަސައްކަތްތަކަށް އިންވެސްޓްކޮށް، މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުން ކަމުގައި އެ ކުންފުނިން ބުނެ އެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދެމެހެއްޓެނިވި އަދި އިތުބާރު ހުރި ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުކޮށްދިނުމުގައި ދެމިތިބުމައް ކުރަމުން އަންނަ މަސައްކަތްތަކުގެ މުހިންމު ބައެއް ކަމަށް ވެސް ބުންޏެވެ.

އެ ކުންފުނިން ވަނީ ޑރ. ފުރުޤާން އިބްރާހީމް ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާފަ އެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

President, Engineering Award

އެންމެ މޮޅު އިންޖިނޭރަކަށް ޑރ. ފުރުޤާން

MWSC MD Fahumy

ފެން ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ޤާއިމުކުރާ 20،000 ލީޓަރުގެ ތާނގި، ސެޕްޓެމްބަރުމަހު ބޭނުންކުރަން ފަށަނީ

އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި

dhiraagu

އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގާއި އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ހޯދަނީ