ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްތުވާތަކެތީގެ ވިޔަފާރި ހިންގަން ގެ ދިންކަން ސާބިތުވެ ގޭގެވެރިމީހާ 10 އަހަރަށް ޖަލަށް

criminal court
Maldivian_Ads
STO_Ads
TTH_Ads
Advertisement

މަސްތުވާތަކެތީގެ ވިޔަފާރި ހިންގަން ގެ ދިންކަން ސާބިތުވެ ގޭގެވެރިމީހާ 10 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ޙުކުމް ކޮށްފި އެވެ.
މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ގ.ޕެލިކަން ގޭ ގެ ވެރިފަރާތުގެ މައްޗަށް ކޮށްފައިވާ ދައުވާ އެކެވެ. އެ ގޭގެ ވެރިޔާ އިބްރާހީމް ނާޡިމްގެ މައްޗަށް ދައުވާ އުފުލީ ގެއެއް ނުވަތަ އިމާރާތެއް ނުވަތަ ގެއަކުން ބައެއް މަސްތުވާއެއްޗެއް ޓްރެފިކްކުރުމަށް ނުވަތަ ޕެޑެލް ކުރުމަށް ނުވަތަ އުފެއްދުމަށް ނުވަތަ އެއިން ކަމެއް ކުރުމަށްކަން ޤަބޫލުކުރެވޭ ހާލު ނުވަތަ އެ ގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ އެތަނެއްގެ ވެރިފަރާތް ނުވަތަ  އެތަނެއްގައި އުޅޭ ފަރާތް ނުވަތަ މަސްއޫލިއްޔަތު އުފުލާ ފަރާތުން ހުއްދަ ދިނުމާއި ގުޅިގެންނެވެ.

ކްރިމިނަލް ކޯޓްގެ ގާޒީ މުޙައްމަދު މިޞްބާހު ބެެއްލެވި މި މައްސަލައިގެ ޙުކުމްގައި ވަނީ ގެއެއް ނުވަތަ އިމާރާތެއް ނުވަތަ ގެއަކުން ބައެއް މަސްތުވާއެއްޗެއް ޓްރެފިކްކުރުމަށް ނުވަތަ ޕެޑެލް ކުރުމަށް ނުވަތަ އުފެއްދުމަށް ނުވަތަ އެއިން ކަމެއް ކުރުމަށްކަން ޤަބޫލުކުރެވޭ ހާލު ނުވަތަ އެ ގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ އެތަނެއްގެ ވެރިފަރާތް ނުވަތަ އެތަނެއްގައި އުޅޭ ފަރާތް ނުވަތަ މަސްއޫލިއްޔަތު އުފުލާ ފަރާތުން ހުއްދަކުރުމުގެ ކުށުން ނާޒިމް ކުށްވެރިވާ ކަމަށެވެ.

އެ ކުށް ސާބިތުވުމުން 10 އަހަރު ދުވަހު މުއްދަތަށް ޖަލަށް ލުމަށް ޙުކުމް ވަނީ ޙުކުމްކޮށްފަ އެވެ.

HajjCop_ads
Advertisement

‏މިއީ އެ މާއްދާގެ ދަށުން ދަޢުވާކޮށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.

މަސްތުވާތަކެއްޗާއި ދެކޮޅު މަސައްކަތް ވަރަށް ފުޅާކޮށް އެވަބާއިން ރާއްޖެ ސަލާމަތް ކުރުމަށް ސަރުކާރުން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ވިޔަފާރި ހިންގާ މީހުންނާއި އެކަމަށް މަގު ފަހިކުރުވާ މީހުންގެ މައްސަލަތައް ވެސް ދަނީ ބަލަމުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

5 Suspects 8e3444a00b

މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ކާށިދޫން 5 މީހުން ހައްޔަރުކޮށްފި

8u

3.5 ކިލޯގެ މަސްތުވާތަކެއްޗާއެކު ކުރިން ހައްޔަރުކުރި މީހަކު އަލުން ފުލުހުންގެ ބެލުމުގެ ދަށަށް

988

އަށް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މީހުންގެ ވަނަވަރު ހާމަކޮށްފި

police

ޑްރަގް ހުރި ސައިކަލުތަކުގެ ތަޅުދަނޑި ފެނުނީ ތުހުމަތުވާ މީހާގެ ފުރަގަސްފަރާތުން: ފުލުހުން