ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލެއަށް ބަނގުރާ އެތެރެކޮށް ވިޔަފާރިކުރާ ނެޓްވޯކަކުން ހައްޔަރުކުރި ތިން މީހެއްގެ ބަންދު އިތުރުކޮށްފި

450048 3 2736b706095bacb2124570f993e2cc70dca63f82
TTH_Ads
Maldivian_Ads
STO_Ads
Advertisement

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ނެޓްވޯކަކާ ދެކޮޅަށް ހ. މާދޫގޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ތިން ފިރިހެނުންނެވެ. އެއީ:

  • އަލް އަމީން (34 އަހަރު)
  • ޕޮލިން (43 އަހަރު)
  • އެމްޑީ ރަކީބް ހުސައިން (25 އަހަރު)

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އަލް އަމީން އަދި ޕޮލިންގެ ބަންދަށް ފަސް ދުވަސް ދީފައިވާއިރު، ރަކީބް ހުސައިން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

HajjCop_ads
Advertisement

ކޯޓު އަމުރެއްގެ ދަށުން ހ. މާދޫގޭގެ ދެ ފަންގިފިލާއެއް ބަލައިފާސްކުރިއިރު، އެ ތަނުން 826 ފުޅި ބަނގުރާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ސްމާޓް ލޮކް އަޅުވާފައިވާ އެ އެޕާޓްމަންޓުގެ އެތެރޭގައި ހުރި ލަކުޑި ރެކުތަކެއްގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތައް ހުރީ ތަރުތީބުން އަތުރާފައެވެ. އަދި ބަނގުރާ ކޭސްތައް ބަހައްޓާފައި ހުރީ އޮފީހެއްގެ ގޮތުގައި ބޭނުންކުރާ ކަމަށް ބެލެވޭ ތަނެއްގައެވެ. އެ ތަނުން ޕްރިންޓަރާއި އިދާރީ މަސައްކަތްތަކަށް ބޭނުންކުރާ އެހެނިހެން ސާމާނުތައް ވެސް ވަނީ ފެނިފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

788

ވަކި ގަޑިތަކެއްގައި މާލެ ސަރަޙައްދުގައި ބަރު އުޅަނދު ދުއްވުން މަނާކޮށްފި

Qw

މާލެއާއި ހުޅުމާލޭގެ ކާރުބާރު ބޮޑު މަގުތަކުގައި ޕާކްކުރުން މަނާކޮށް ފިޔަވަޅު އަޅަން ފަށަނީ

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ނެޓްވޯކުގަ ހިމެނޭ ދިވެހި މީހާ ހައްޔަރުކޮށްފި

Large 170819522430tbxu

މާލޭގައި އިމާރާތްކުރާ ދެ ޕާކިން ބިލްޑިން އަންނަ އަހަރުގެ ނޮވެމްބަރަށް ނިންމާނެ