ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެންމެ މޮޅު އިންޖިނޭރަކަށް ޑރ. ފުރުޤާން

President, Engineering Award
TTH_Ads
Maldivian_Ads
STO_Ads
Advertisement

ރާއްޖޭގެ މި އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑު ޑރ. ފުރުޤާން އިބްރާހީމަށް ލިބިއްޖެއެވެ.

މި އެވޯޑް ފުރުޤާނަށް އަރުވާފައިވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ދެވުނު “އިންޖިނޭރިން އެވޯޑް” ދިނުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ. ބާސެލޯ ނަސަންދުރާގައި މިރޭ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

އެންމެ މޮޅު އިންޖިނޭރުގެ އެވޯޑު ލިބިވަޑައިގެންނެވި ޑރ. ފުރުޤާން އިބްރާހިމަކީ އިންޖިނިއަރިންއާއި ދިރާސާކުރުމާއި ހަކަތައިގެ ދާއިރާ އަދި ހިންގުމުގެ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ މިވަގުތު ވަޒީފާ އަދާކުރައްވަމުންދަނީ ދައުލަތުގެ ފެންކުންފުނި، އެމްޑަބްލިޔުއެސްސީގައެވެ.

HajjCop_ads
Advertisement

އެންމެ މޮޅު އިންޖިނޭރުގެ އިތުރުން 8 އެވޯޑެއް މި ހަފްލާގައި ވަނީ ދީފައެވެ. މީގެ ތެރޭގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި ޔަންގް އިންޖިނިއަރ ނުވަތަ އެންމެ ޒުވާން އިންޖިނޭރުގެ އެވޯޑާއި އަންހެން އިންޖިނޭރުގެ އެވޯޑު ހިމެނެއެވެ.

ސަރުކާރުން ދެއްވާ މި އެވޯޑަކީ ދިވެހި އިންޖިނޭންނާއި އިންޖިނިއަރިން ދާއިރާގެ އުފެއްދުންތެރިކަމާއި ފަންނުވެރިން ހޯދާ ކާމީޔާބީ ފާހަގަކުރުމަށް މިއަހަރު ދޭން ފައްޓަވާފައިވާ އެވޯޑެކެވެ. ޤައުމީ ތަރައްޤީގައި އިންޖިނިއަރުންގެ އުފެއްދުންތެރިކަން ފާހަގަކުރުމާއި މި ދާއިރާއަށް ޒުވާނުން ޝައުގުވެރިކޮށް، ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ހިތްވަރުދިނުމާއި މޫސުމީ ބަދަލުތަކާ ގުޅޭ ދެމެހެއްޓެނިވި އިޖާދީ އިންޖިނިއަރިންގގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް ހިތްވަރު ދިނުމަކީ މި އެވޯޑު ދިނުމުގެ މަގުސަދެކެވެ.

މި ރަސްމިއްޔާތުގައި ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު ލިބިފައިވަނީ އެމްޑަބްލިޔުއެސްސީއަށެވެ. އެ ކުންފުންޏަށް މި އެވޯޑު ލިބުނީ އިރުގެ ހަކަތައާއި އެންއޭއެސް ބެޓަރި ބޭނުންކޮށްގެން “ޑީކާބަނައިޒްޑް ސީވޯޓާ ޑީސެލިނޭޝަން ސިސްޓަމް” ޤާއިމުކުރުމަށް ހިންގި މަޝްރޫޢަށެވެ.

އެމްޑަބްލިޔުއެސްސީން ރ. ދުވާފަރުގައި ކުރިއަށްގެންދިޔަ “އިންޓަގްރޭޓަޑް ޔުޓިލިޓީ ސަރވިސަސް” މަޝްރޫޢަށްވެސް ވަނީ އެވޯޑު ލިބިފައެވެ. މި މަޝްރޫޢަށް ލިބިފައިވަނީ ކޮމިއުނިޓީ އިމްޕެކްޓް އެވޯޑެވެ.

މި ރަސްމިއްޔާތުގައި 8 ފަރާތަކަށް އެވޯޑް އެރުވިކަން ފާހަގަ ކުރެވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MWSC MD Fahumy

ފެން ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ޤާއިމުކުރާ 20،000 ލީޓަރުގެ ތާނގި، ސެޕްޓެމްބަރުމަހު ބޭނުންކުރަން ފަށަނީ

އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި

dhiraagu

އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގާއި އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ހޯދަނީ

DSC

ދިރާގުގެ މެޖޯރިޓީ ހިއްސާއާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ