ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަޢުލޫމާތު ހާމަކުރުމުގެ ޤާނޫނުގެ ދަށުން އިސްނަގައިގެން ހާމަކުރަންޖެހޭ މަޢުލޫމާތު އެމްޑަބްލިއުއެސްސީން ޝާއިއުކޮށްފި

88887
Maldivian_Ads
STO_Ads
TTH_Ads
Advertisement

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގައި ހާމަކުރަން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް އެމްޑަބްލިޔުއެސްސީން ރަސްމީ ވެބްސައިޓުގައި ފުރިހަމައަށް ޝާއިއުކޮށްފިއެވެ.

މިއާއެކު، އެމްޑަބްލިއުއެސްސީ ވެގެންގޮސްފައިވަނީ އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ މަޢުލޫމާތު ފުރިހަމައަށް ޝާއިއުކުރި ދައުލަތުގެ ފަސްވަނަ ކުންފުންޏަށެވެ. އަދި މުޅި ރާއްޖޭގެ ދައުލަތުގެ ހުރިހާ އިދާރާތަކުގެ ތެރެއިން މިއީ މިފަދައިން މައުލޫމާތު ފުރިހަމައަށް ހާމަކުރި ސާޅީސް ދެވަނަ އިދާރާއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް، ކުންފުނީގެ ހިންގުމާ ބެހޭ އުސޫލުތަކާއި، ބަޖެޓުގެ މައުލޫމާތުގެ އިތުރުން އިސް ވެރިންގެ މަސްއޫލިއްޔަތުތަކާއި ނިންމުންތައް ނިންމާ ގޮތުގެ ތަފްސީލު މިހާރު އެ ކުންފުނީގެ ވެބްސައިޓުން އާންމުންނަށް ބައްލަވާލެއްވޭނެއެވެ. މީގެ އިތުރުން، އާންމުކޮށް ދެވޭ ހިދުމަތްތަކާއި، ޝަކުވާ ހުށަހަޅާނެ މެކޭނިޒަމްގެ ތަފްސީލުތައްވެސް ވަނީ ހިމަނާފައެވެ.

HajjCop_ads
Advertisement

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ތިރީސް ހަތްވަނަ މާއްދާގައިވާ ގޮތުން، ދައުލަތުގެ އިދާރާތަކުން އާންމުންގެ އެދުމަކާ ނުލައި، އަމިއްލަ އިސްނެގުމުގައި އަހަރަކު އެއްފަހަރު ވަކި މައުލޫމާތުތަކެއް އާންމުކޮށް ފެންނާނެހެން ހާމަކުރަންޖެހެއެވެ. ދައުލަތުގެ ކުންފުނިތަކާއި އިދާރާތަކުން ދެފުށް ފެންނަ ގޮތަށް މަސައްކަތްކުރުން އިތުރުކުރުމަށްޓަކައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Original

އިންޖިނިއާސް އެވޯޑްސް ހަފްލާ: އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް

President, Engineering Award

އެންމެ މޮޅު އިންޖިނޭރަކަށް ޑރ. ފުރުޤާން

MWSC MD Fahumy

ފެން ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ޤާއިމުކުރާ 20،000 ލީޓަރުގެ ތާނގި، ސެޕްޓެމްބަރުމަހު ބޭނުންކުރަން ފަށަނީ

އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި