ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިމަންދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި

STO_Ads
TTH_Ads
Advertisement

އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފިއެވެ.

ހިމަންދޫގައި މި ޚިދުމަތް ފައްޓަވައިދެއްވީ، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.

އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފެށުމަށް މިއަދު އެރަށުގައިވަނީ، ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމްގެ އިތުރުން ސިއްޙީ ވުޒާރާގެ އިސްވެރިންނާއި، ހިމަންދޫ ކައުންސިލްގެ އިސްވެރިންނާއި، ސިއްޙީ މަރުކަޒުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

HajjCop_ads
Advertisement

ހިމަންދޫގައި މި ޚިދުމަތް ފަށްޓަވައި ދެއްވުމަށްފަހު ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވަނީ، އެރަށުގެ ސިއްޙީ މަރުކަޒުގެެ އެސްއެމްޓީއާ ބައްދަލުކުރައްވާ، އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އަދި ހުރި ދަތިތަކަށް ޙައްލު ގެނައުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

ހިމަންދޫ ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތްް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޞިއްޙީ ވަޒީރު ނާޒިމް އިބްރާހީމް ވަނީ، ރައީސްގެ އެންގެވުމާ އެއްގޮތަށް މިއަހަރު ތެރޭގައި 76 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމަށް އެ ވުޒާރާއިން މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. އަދި މި މަސައްކަތުގެ ދަށުން މިހާތަނަށް 12 ރަށެއްގައި މި ޚިދުމަތް ޤާއިމްކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

“އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ރައީސުލްޖުމްހޫރުއްޔާ ޑރ.މުހައްމަދު މުޢިއްޒު އެންގެވި ގޮތަށް މިހާތަނަށް ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރެވިފަ ނެތް ރަށްރަށުގައި ވީހާވެސް އަވަހަކަށް މި ޚިދުމަތް ޤާއިމްކޮށް ނިންމާލުމަށް، އެގޮތުން ހިމަންދޫއަކީ އަޅުގަނޑުމެންނަށް މި ޚިދުމަތް ޤާއިމްކުރެވުނު 12 ވަނަ ރަށް. އިރާދަކުރެއްވިއްޔާ ބާކީ ހުރި ހުރިހާ ރަށެއްގައިވެސް މިއަހަރު ތެރޭ މި ޚިދުމަތް ޤާއިމްކުރުން އަމާޒަކީ”. ވަޒީރު

 ލެބޯޓަރީއެއް ނެތް ގިނަ ރަށްތަކުން ޓެސްޓް ހެދުމަށް އެހެން ރަށްރަށަށް ދާ ފަދައިން އއ. ހިމަންދޫ ރައްޔިތުންވެސް ދާން ޖެހެނީ، އެ ޚިދުމަތް ލިބޭ އަތޮޅުގެ ކޮންމެވެސް އެހެން ރަށަކަށެވެ. ރަށުގައި ތިބެގެން ލޭ އެޅޭނެ ޚިދުމަތާއި، ޢާއްމު ބައެއް ޓެސްޓްތައް ރަށުގައި ތިބިގެން ހެދުމުގެ ފުރުޞަތު ލިބުމާއެކު ރަށުގެ ރައްޔިތުންގެ ޖީބަށް ލުއިވެ ހައްޓަށްވެސް ފަސޭހަވާނެކަން އެރަށުގެ ރައްޔިތުން ޤަބޫލުކުރެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

އައްޑޫ ސިޓީ ބިޒްނަސް ޑައިލޮގުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

DSC

ޑިޖިޓަލް މާހައުލުގައި ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއަޅުއްވައިފި

8u

އެމްއެމްޕީއާރްސީގެ ޚިޔާނާތް: ޕޮޕިއުލާ މޯލްޑިވްސްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރުމަށް އެދިއްޖެ

WhatsApp Image 2026 05 10 at 16.38.10

މީކާއީލްގެ ހޫނު ރައްދެއް ނަޝީދަށް: އާންމު މެންބަރުންނަށް މެޓާ ވަނީ ބޮޑުވަޒީރެއް ނޫން