ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުން ބުނަނީ ސަލާމަތީ މަޖިލީހުގެ ގަރާރު ވަރަށް ބޭއިންސާފު ކަމަށް، ގަރާރުގެ ފަހުންވެސް ހަމަލާތައް ހުއްޓާނުލާ

އދގެ ސަލާމަތީ މަޖިލީހުގެ މިރޭގެ ޖަލްސާ ކުރިއަށްދަނީ:
TTH_Ads
STO_Ads
Advertisement

ގަލްފްގެ ގައުމުތަކުގައި ހުރި އެމެރިކާއާއި އިސްރާއީލުގެ ތަންތަނަށް އީރާނުން ދެމުންގެންދާ ރައްދު ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލައި އދގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރި ފަހުންވެސް އީރާނުން ގެންދަނީ ހުއްޓާނުލާ ހަމަލާތައް ދެމުންނެވެ.

އީރާނުން މިރޭވަނީ، ޔޫއޭއީގެ އެކި ރަށްތަކުގައި ހުރި އެމެރިކާގެ ތަންތަނަށް ޑްރޯންއާއި ބެލިސްޓިކް މިސައިލުން ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

މީގެއިތުރުން، އީރާނުންވަނީ ބަހްރެއިންގައި ހުރި އެމެރިކާގެ ތަންތަނަށާއި، ސައުދީ އަރަބިއްޔާގެ ޕްރިންސް ސުލްތާން އެއަރބޭސް އަށާއި، ގަތަރުގައި ހުރި އެމެރިކާގެ ބޭސްތަކަށާއި ތަންތަނަށްވެސް ވަރުގަދަ ހަމަލާތަކެއް ދިފައެވެ.

HajjCop_ads
MMA_Ads
Advertisement

އީރާނުގެ ޑްރޯންއާއި މިސައިލް ހަމަލާތައް ކުވައިތަށްވެސް އަމާޒުކުރިއިރު ކުވައިތުގެ ހުރިހާ ހިސާބަކުން ބާރުގަދަ ގޮވުންތަކުގެ އަޑުފަށްގަނޑު އިވެމުންދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން، އުމާނަށްވެސް މިއަދު ފުރަތަމަ ފަހަރަށް ވަނީ އީރާނުގެ ޑްރޯން ހަމަލާތަކެއް އަމާޒުވެފައެވެ.

އީރާނު ހުއްޓުވަން ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހެޅީ ގަލްފް ކޯޕަރޭޝަން ކައުންސިލް – ޖީސީސީންނެވެ. އދގެ މެމްބަރު 135 ގައުމަކުން މި ގަރާރު ކޯ ސްޕޮންސަރ ކުރިއެވެ. މިއީ، ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރެއް މިހާތަނަށް އެންމެ ގިނަ ގައުމުން ކޯ ސްޕޮންސަރކުރި ފަހަރެވެ.

އެ ގަރާރު ފާސްވީ ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 މެމްބަރު ގައުމުގެ ތެރެއިން 13 މެމްބަރު ގައުމުގެ ވޯޓާ އެކުގައެވެ. ގަރާރު ވީޓޯ ނުކޮށް ރަޝިޔާ އަދި ޗައިނާ ވޯޓުގައި ބައިވެރިއެއް ނުވިއެވެ.

ސަލާމަތީ މަޖިލީހުގެ ގަރާރަށް އީރާނު ސަރުކާރުން އަދި ރަސްމީގޮތުން އެއްވެސް ޖަވާބެއް ނުދެއެވެ.

އެހެން ނަމަވެސް، އީރާނުން އދއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ އާމިރު ސައީދު އިރަވާނީ ވިދާޅުވީ، ސަލާމަތީ މަޖިލީހުގެ ގަރާރަކީ އީރާނާ ދެކޮޅަށް ފާސްކުރި ވަރަށް ބޭއިންސާފު ގަރާރެއް ކަމަށެވެ.

އީރާނާ ދެކޮޅަށް ގަރާރު ފާސްކުރިއިރު، އީރާނާ ދެކޮޅަށް ހިންގަމުންގެންދާ އުދުވާނަށް އެއްވެސް ވަރަކަށް ރިއާޔަތް ނުކުރާ ކަމަށާއި، ހަގީގީ މައްސަލައަށް ރިއާޔަތް ނުކުރުމުން، ސަލާމަތީ މަޖިލީހުގެ ގަރާރަކީ އެއްވެސް އަދުލުވެރިކަމެއް އިންސާފެއްނެތް ގަރާރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ އެމްބަސެޑަރވަނީ، އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތަކުގައި މަރުވި މީހުންނާއި، ޒަޚަމްވި މީހުންގެ އަދަދުތަކާއި، އަދި ހަމަލާތަކުގައި އީރާނަށް ދެމުންގެންދާ ގެއްލުންތަކުގެ ތަފްސީލްތައް ސަލާމަތީ މަޖިލީހުގައި ހާމަކުރައްވާފައެވެ.

އީރާނުގެ ނުފޫޒުގަދަ އިސްލާމިކް ރިވޮލިއުޝަނަރި ގާޑުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގަލްފްގެ ގައުމުތަކުގައި ހުރި އެމެރިކާއާއި އިސްރާއީލުގެ ތަންތަނަށް ދެމުންގެންދާ ރައްދު ހަމަލާތައް ހުއްޓާނުލާނޭ ކަމަށެވެ.

އީރާނުން ތަކުރާރުކޮށް ބުނަމުން ގެންދަނީ، އީރާނުން އަވަށްޓެރި އެއްވެސް ގައުމެއްގެ ތަނަކަށް ހަމަލާ ނުދޭ ކަމަށާއި، އީރާނުން ރައްދު ހަމަލާތައް ދެމުންގެންދަނީ އީރާނަށް ހަމަލާ ދިނުމަށް ބޭނުންކުރާ އެގައުމުތަކުގައި ހުރި އަސްކަރީ ބޭސްތަކަށާއި، ދުޝްމަނުން ރޭވުންތައް ރާވަން ތިބޭ ތަންތަނަށް އަމާޒުކޮށް ކަމަށެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުގެ އިންޒާރު އިސްރާއީލާއި އެމެރިކާއަށް: ލުބުނާނަށްދޭ ހަމަލާތައް ނުހުއްޓައިފިނަމަ ނަތީޖާ ވަރަށް ގޯސްވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ދަށަށް ހިނގައްޖެ

88887

އިސްރާއީލު ޖަވާބުދާރީކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހިރާއްޖެއިން ގޮވާލައިފި

Foreign ministry

އެމެރިކާ-އީރާނާ އެއްބަސްވުމަށް ރާއްޖެއިން މަރުހަބާ ކިޔައިފި