ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުގެ ސްކޫލަކަށް އެމެރިކާ ސިފައިން ހަމަލާދިން ކަމެއް ނޭނގޭ ކަމަށް ޓްރަމްޕް އަނެއްކާވެސް ބުނެފި

އެމެރިކާގެ ހަނގުރާމައިގެ ރައީސް ޑޮނަލްޑް ޓްރަމްޕް އ
STO_Ads
TTH_Ads
Advertisement

އީރާނުގެ ސްކޫލަށް އެމެރިކާ ސިފައިން ވައިގެ ހަމަލާ ދިންކަމެއް ނޭނގޭ ކަމަށް، އެމެރިކާގެ ހަނގުރާމައިގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ބުނެފިއެވެ.

އީރާނުގެ މިނާބްގައި އަންހެން ދަރިވަރުން ތައުލީމު ހާސިލްކުރާ ޝަޖާރާ ތައްޔިބާ ޕްރައިމެރީ ސްކޫލަށް ބޮން އެޅުމުގެ ސަބަބުން 175 މީހުން މަރުވިއިރު، އޭގެ ތެރޭގައި ސަތޭކަ އެތައް ދަރިވަރުން ހިމެނެއެވެ.

މާޗް 1 ވަނަ ދުވަހު އެ ސްކޫލަށް ބޮންއެޅީ އެމެރިކާ ސިފައިން ކަމަށް، އެ ހަމަލާ ދިރާސާކުރި ފަރާތްތަކުން ބުނެފައި ވާއިރު، އެ ސްކޫލަށް އަރާފައިވަނީ އެމެރިކާގެ ޓޮމަހޯކް މިސައިލެއްކަން، އެމެރިކާގެ އަސްކަރިއްޔާއިން ބެލި ބެލުންތަކުންވެސް ހާމަވެފައި ވެއެވެ. އަދި އެކަން ހިނގާފައިވަނީ ހެދުނު ގޯހަކުން ކަމަށްވެސް ނިންމާފައި ވެއެވެ.

HajjCop_ads
Advertisement

މިކަމުގެ ހޫނު ބަހުސްތަކެއް އެމެރިކާއާއި ދުނިޔޭގައި ހިނގަމުންދާއިރު، އެކަމުގެ ޒިންމާ އުފުލަންތޯ ނޫސްވެރިން ސުވާލު ކުރުމުން ފްލޮރިޑާގައި ހުރެ ޓްރަމްޕް ތަކުރާރުކޮށް ބުނީ، އެމެރިކާ ސިފައިން އީރާނުގެ ސްކޫލަށް ހަމަލާ ދިންކަމެއް އޭނާއަށް ނޭނގޭ ކަމަށެވެ.

އެކަމަކު، ކުރިން ދުވަހެއްގައި އެއަރފޯސް ވަންގައި ނޫސްވެރިން އެ ސުވާލު ކުރުމުން ޓްރަމްޕް ބުނެފައިވަނީ، ސްކޫލަށް ހަމަލާ ދިނީ އީރާނުން އަމިއްލައަށް ކަމަށެވެ. އެއްވެސް ހެއްކެއްނެތި ޓްރަމްޕް ގެންދަނީ އީރާނުގެ ބޮލަށް ހުރިހާކަމެއް ކަނޑާލަމުންނެވެ.

އިންސާނީ ހައްގުތަކުގެ ވާހަކައާއި، ކުޑަކުދިންގެ ހައްގުތަކާއި، އަންހެނުންގެ ހައްގުތަކުގެ ވާހަކަ  ދައްކާއިރު، އީރާނުގެ އަންހެން ދަރިވަރުން ކިޔަވާ ޕްރައިމެރީ ސްކޫލަށް ދިން އުދުވާނީ ހަމަލާ ދުނިޔެއިން ވަރަށް ބޮޑަށް ކުށްވެރި ކުރަމުން އެބަ ގެންދެއެވެ.

އަދި ކަމުގެ ސަބަބުން އެމެރިކާއަށް ބޮޑެތި ފާޑުކިއުންތައްވެސް އަމާޒުވަމުން އެބަ ދެއެވެ.

ހަމަލާތައް ދެމުން ގެންދަނީ އީރާނުގެ ނިއުކްލިއަރ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމްތަކުގެ ސައިޓްތަކާއި، އީރާނުގެ ވެރިންނާއި، އަސްކަރިއްޔާގެ ތަންތަނަށް ކަމަށް އެމެރިކާއާއި އިސްރާއީލުން ތަކުރާރުކޮށް ބުނި ނަމަވެސް، އީރާނުގެ ސްކޫލްތަކަށް ތަކުރާރުކޮށް ގެންދަނީ ހަމަލާތައް ދެމުންނެވެ.

އަދި ހޮސްޕިޓަލްތަކަށާއި، ކަރަންޓު ވިއުގަތަކަށާއި، ފެނުގެ ވިއުގަތަކަށާއި، ރައްޔިތުންނާ ގުޅުންހުރި އެތައް ތަނަކަށް އެމެރިކާއާއި އިސްރާއީލުން ގެންދަނީ އުދުވާނީ ހަމަލާތައް ދެމުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒުގައި މުޅިން އައު ރޫޓެއް ކަނޑައަޅަން އީރާނާއި އުމާން އެއްބަސްވުމަކާ ގާތަށް

ޣައްޒާގައި ލޭއޮހޮރުވުންބޮޑު ރެއެއް، 4 އާއިލާއެއް އެއްކޮށް ވުޖޫދުން ފޮހެލައިފި

އެމެރިކާ ރައްޔިތުން އަވަހަށް ފުރުމަށް އިރުޝާދުދީ، އިތުރު މީހުން މެދުއިރުމައްޗަށް ނައުމަށް އަންގައި އިންޒާރުކޮށްފި

އީރާނަށް ދެން ހަމަލާދިނުމަކީ އެމެރިކާއިން ކުރާނެ އެންމެ މޮޔަ ކަންތައް، ރައްދުދިނުމުގެ ޕްލޭނަށް މިތިބީ ތައްޔާރަށް: އިންގިލާބީ ލަޝްކަރު