ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނުކުޅެދުންތެރިކަން ހުންނަ މީހުން ފްލެޓަށް ފޯމު ހުށަހަޅަން ވަކި ކެޓަގަރީއެއް ކަނޑައަޅައިފި

43
Maldivian_Ads
TTH_Ads
STO_Ads
Advertisement

ސަރުކާރުގެ ‘ބޯހިޔާވަހިކަން އެންމެންނަށް’ ސިޔާސަތުގެ ‘އާއިލީ ބޯހިޔާވަހިކަން’ ޕްރޮގްރާމުގެ ދަށުން ދޫކުރާ ފްލެޓުތަކަށް ކުރިމަތިލުމަށް ހާއްސަ ކެޓަގަރީއެއްގެ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ ހަމަޖައްސައި އެ ކެޓަގަރީއަށް ވަކިން ފޯމު ހުށަހެޅޭގޮތަށް އުސޫލު އިސްލާހުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ވަނީ އެ ކެޓަގަރީއަށް ވަކިން އެޕްލިކޭޝަން ހުށަހެޅޭ ގޮތް ހަދާ، އެ ކެޓަގަރީގެ ޝަތުރުތަކާއި އެޕްލިކޭޝަން ހުށަހަޅާނެ ގޮތް އަދި ޕޮއިންޓު ދިނުމުގެ އުސޫލު އާންމުކޮށްފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީއަށް މި އުސޫލުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅަން ހުޅުވާލާނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

HajjCop_ads
Advertisement

އެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ހައުސިން މިނިސްޓްރީގެ ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށެވެ. މި ކެޓަގަރީ އަށް ހާއްސަކޮށްފައިވަނީ 100 ފްލެޓެވެ. މީގެ ކުރީގެ އުސޫލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމަނާފައި އޮތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަންދޭ ކެޓަގަރީތަކުގެ ތެރޭގަ އެވެ. ނަމަވެސް މިހާރު މިބައި ވަނީ ވަކި ކެޓަގަރީއަކަށް ބަދަލުކޮށްފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޫކުރާ ފްލެޓަށް ކުރިމަތިލާއިރު ޑިސްއެބިލިޓީ ރެޖިސްޓްރީގައި ހިމެނޭކަމުގެ ލިޔުން ހުށަހަޅަން ޖެހެއެވެ. ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގައި ބުނާ ފަދަ ނުކުޅެދުންތެރިކަމެއް ހުންނަ މީހެއްކަން ސާބިތުކޮށްދިނުމަށް ސިއްހީ ހިދުމަތްދޭ މަރުކަޒަކުން، ލައިސަންސް ލިބިފައިވާ ޕްރެކްޓިޝަނަރަކު ދޫކޮށްފައިވާ ލިޔުމެއް ހުށަހަޅަން ޖެހެއެވެ.

މި ކެޓަގަރީއަށް ކުރިމަތިލެވޭނީ ނުކުޅެދުންތެރިކަން ހުރި ފަރާތް ނުވަތަ އެ ފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރި ގޮތުން ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާ އެކު، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަށް އެ ފަރާތަކުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ފަރުވާ ހޯދުމަށް އާންމު ގޮތެއްގައި މާލެ ސަރަހައްދަށް އަންނަން ޖެހުމާ އެކު މާލެ ސަރަހައްދުން ފާއިތުވި އަހަރު ތެރޭ ފަރުވާ ހޯދާފައިވާ މީހުންނަށެވެ.

ނޫން ނަމަ އެއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތަކަށް ވެފައި މި ސަރަހައްދުން އެންމެ މަދުވެގެން މިދިޔަ އެއް އަހަރު ތެރޭ ފަރުވާ ހޯދާފައިވާ މީހަކަށް ވާން ޖެހެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ishan seefromthesky Fcopy8szaoM unsplash 1656475272927 zkg9nw

ޙައްލުނުވެހުރި ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރަން އޮފީސް ފޯރ ސިވިލް ރައިޓްސްއިން

Fahi flats

2028 ވަނަ އަހަރު ގިނަ ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެ: ރައީސް

776985181 1470305708464751 4024787492857494583 n

36 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އަންނަނީ ހިންގަމުން

muthalib

ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް ހެލްޕު ޑެސްކާއި ކޯލު ސެންޓަރެއް ޤާއިމްކޮށްފި