ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް

DSC
STO_Ads
TTH_Ads
Advertisement

ކުރިއަށް އޮތް 20 އަހަރަށް އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިއަދު ހަވީރު ސޮއިކުރި މަޝްރޫއުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދަ ގްރޭޓާ އައްޑޫ ކެމްޕޭން އިވެންޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ މައްސަލައަށް ދާއިމީ ހައްލު ގެނައުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

“26 މެގަވޮޓުގެ ކަރަންޓު ފޯރުކޮށްދޭނެ ނިޒާމު އިރާދުކުރެއްވިއްޔާ މި އެއްބަސްވުމުގެ ދަށުން ގާއިމު ކުރެވިގެންދާނެ. މި އަންނަ އަހަރުގެ ޖުލައި މަހާ ހަމައަށް ދާއިރު މުޅިން އެކުގައި މި މަޝްރޫއު ނިމި ކުރިއަށް އޮތް 20 އަހަރަށް އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުވެގެންދާނެ،” ރައީސް ވިދާޅުވިއެވެ.

HajjCop_ads
Advertisement

އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެސް މިދިޔަ ސަރުކާރަށް އޮތްއިރު، ފަސް އަހަރު ނިމިގެންދިޔައިރު ވެސް އެ މައްސަލަ ހައްލު ނުކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ސިޓީގައި ޤާއިމްކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަން (ސީޕީއެސް) ނިންމުމުގެ މަސައްކަތް ހަވާލުކުރީ ޑެފިނިޓް ސޮލިއުޝަންސް ކުންފުންޏާއެވެ.

ފެނަކަ ކޯޕަރޭޝަނާއި ޑެފިނިޓް ސޮލިއުޝަންސްއާ ދެމެދު މިއަދު ވެވުނު އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙެވެ. އަދި ޑެފިނިޓް ސޮލިއުޝަންސްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ފައުންޑަރ އަދި ސީއީއޯ އަބްދުﷲ ސައީދެވެ. ފެނަކައިން މަޢުލޫމާތު ދޭގޮތުގައި، މި އެއްބަސްވުމުގެ ދަށުން ސީޕީއެސްގެ ނުނިމިހުރި ހުރިހާ މަސައްކަތަކާއި، އިންޖީނުތައް ބަހައްޓައި އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް އެކުންފުނިން ކުރާނެއެވެ.

މި މަސައްކަތާ ހަވާލުވި ޑެފިނިޓް ސޮލިއުޝަންސްއަކީ ދުބާއީގައި ރަޖިސްޓްރީކޮށްގެން މެދުއިރުމަތީގައި މިފަދަ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ހިންގާފައިވާ ތަޖުރިބާކާރު ކުންފުންޏެކެވެ. މީގެ ކުރިން މި މަޝްރޫޢު ޗައިނާގެ ޑޮންފަންގ ކުންފުންޏާ ހަވާލުކުރި ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދިއުމުގެ ސަބަބުން އެ އެއްބަސްވުން ވަނީ ބާތިލުކޮށްފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

466845 e668f9cd 6

 މިހާރު ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ “މޯލްޑިވްސް ފަސްޓް”، އެމްޑީޕީން ގެންގުޅުނީ ޕްރޯ-އިސްރާއީލު ސިޔާސަތެއް: ރައީސް

DSC

ރައްޔިތުންގެ މަޖިލީހުގައި ޒުވާނުންނާއި އަންހެނުންނަށް ޚާއްސަ އިންސައްތައެއް ކަނޑައަޅައި، ޒުވާނުންގެ މަޖިލީހެއް އުފައްދަވަނީ

Ew

ރައީސް މުއިއްޒު: އިންފޮމޭޝަން ކޮމިޝަނަރަކީ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަން އޯޑަރު ލިބޭ ބޭފުޅެއް

DSC

ކުރީ ސަރުކާރުތަކުން ދެއްކީ ވާހަކަ، މި ސަރުކާރުން ނެރެނީ ނަތީޖާ: ރައީސް