ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުރީދޫން ހިއްސާއަކަށް މިފަހަރު ބަހާނީ 3.54 ރުފިޔާ

TTH_Ads
STO_Ads
Advertisement

އުރީދޫ މޯލްޑިވްސްގެ މިދިޔަ އަހަރުގެ ފައިދާގެ ތެރެއިން، ހިއްސާއަކަށް 3.54 ރުފިޔާ ބެހުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.

އުރީދޫން ބުނީ މިމަހުގެ ހަަތަރުވަނަ ދުވަހު އެ ކުންފުނީގެ މައި އޮފީހުގައި ބޭއްވި އެ ޖަލްސާގައި ޖުމުލަ 353 ހިއްސާދާރުން ބައިވެރިވި ކަމަށެވެ. އޭގެ ތެރޭގައި އަމިއްލައަށް ހާޒިރުވި 144 ހިއްސާދާރުންނާއި، 209 ހިއްސާދާރުން ތަމްސީލުކުރި 27 ޕްރޮކްސީ ހޯލްޑަރުން ހިމެނޭކަމަށް އުރީދޫން ބުންޏެވެ.

އެ ޖަލްސާގައި ތަމްސީލުކޮށްފައިވަނީ ކުންފުނީގެ ޖުމުލަ ހިއްސާގެ 98 އިންސައްތައްކަމަށް އުރީދޫން ބުންޏެވެ. ޖަލްސާގެ އެޖެންޑާގެ ދަށުން، 2025 ވަނަ އަހަރުގެ އޮޑިޓް ކުރެވިފައިވާ މާލީ ބަޔާންތަކާއި، ޑިރެކްޓަރުންގެ ރިޕޯޓުގެ އިތުރުން އޮޑިޓަރުންގެ ރިޕޯޓު ހިއްސާދާރުން ވަނީ ފާސްކޮށްފައި ކަމަށް އުރީދޫން ބުންޏެވެ.

HajjCop_ads
MMA_Ads
Advertisement

އަދި މިއަހަރަށް ކުންފުނީގެ އޮޑިޓަރުންގެ ގޮތުގައި ކޭޕީއެމްޖީ އައްޔަންކޮށް، އެ ފަރާތަށް ދޭނެ އުޖޫރަވެސް އެ ޖަލްސާގައި ވަނީ ކަނޑައަޅާފައި ކަމަށް އުރީދޫން ބުންޏެވެ.

މީގެ އިތުރުން އުރީދޫން ބުނީ އުރީދޫގެ މެޖޯރިޓީ ހިއްސާދާރު ކަމަށްވާ ވަތަނިއްޔާ އިންޓަނޭޝަނަލް ތަމްސީލުކުރައްވާ ޑިރެކްޓަރެއްގެ ގޮތުގައި ފާތިމާ ސުލްތާން އަލް-ކުވާރީ އަލުން އިންތިހާބުކޮށްފައިވާ ކަމަށެވެ. އަދި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރަކު ހޮވުމަށް ނެގުނު ވޯޓުން އަބްދުﷲ އަލީ ވަނީ އެ މަގާމަށް އިންތިހާބުވެފައި ކަމަށް އުރީދޫން ބުންޏެވެ.

އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝާހިދު ކުންފުންޏަށް ކޮށްދެއްވި ހިދުމަތްތަކުގެ އަގުވަޒަންކޮށް، އުރީދޫގެ ފަރާތުން އޭނާއަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޕޭޕަލްގެ ޚިދުމަތް މިއަދު ރާއްޖެއަށް ތަޢާރަފްކޮށްފި

DSC

ރައީސްގެ ވަޢުދާ އެއްގޮތަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކޮށްފި

ooreedo

އުރީދޫގެ އަހަރީ އާންމު ޖަލްސާ މާޗް މަހުގެ 4 ގައި

އުރީދޫގެ ސީއީއޯއަކަށް ޝާޑީ ގަވަސްމީ އައްޔަންކޮށްފި