އިސްލާމް ދީނަށް ފުރައްސާރަ ކުރި މީހަކު ހޯދަން ފުލުހުން ވަނަވަރު އާންމުކޮށްފިއެވެ.

މައްސަލައިގައި ހޯދަމުން އަންނަނީ ނ. ކުޑަފަރި، ހިޔަލީގެ، ހުސައިން ޔޫސުފް (44އ) އެވެ.

ފުލުހުން ވިދާޅުވީ، އޭނާ ހޯދަމުން އަންނަނީ އިސްލާމްދީނަށް ތައުހީނުކޮށް ފުރައްސާރަކުރުމާއި، ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރުމާއި، މީހުންގެ މެދުގައި ދީނީ ގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަަކައާއި އިސްލާމްދީނުގެ އަސްލުތަކާ ގުޅޭ ގޮތުން ދޮގު މައުލޫމާތު، މީސްމީޑިއާގެ ޕްލެޓްފޯމް، ޓިކްޓޮކް މެދުވެރިކޮށް ފެތުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ.

އެ މައްސަލައިގައި ތަހުގީގަށް އޭނާ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

އިޝްތިހާރު އިޝްތިހާރު

ފުލުހުން ވިދާޅުވީ، އޭނާ ހާޒިރު ކުރަނީ މައްސަލައިގައި ސުވާލު ކުރުމަށް ކަމަށެވެ.

އެގޮތުން މިހިނގާ މާޗް މަހުގެ 18 ވަނަ ދުވަހުގެ 12:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް އޭނާ ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެ