ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަގޫދޫ އެއާޕޯޓްގެ ޓާމިނަލްގެ އެތެރޭގެ މަސައްކަތްތައް ފަށައިފި

Maldivian_Ads
TTH_Ads
STO_Ads
Advertisement

ފ.މަގޫދޫ އެއާޕޯޓަކީ 2022ވަނަ އަހަރު ފެށި މަސައްކަތެކެވެ. ރަށުން 30 ހެކްޓަރުގެ ބިން ހިއްކައިގެން ކުރިއަށްގެންދާ އެ މަސައްކަތުގައި ތަރައްޤީކުރަނީ ޑޮމެސްޓިކް އެއާޕޯޓެކެވެ.

މި މަސައްކަތް ލަސްވެ އޭގެ ޝަކުވާ، މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ފާޅުކުރިއެވެ. އެ އަތޮޅު ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް، މަގޫދޫގެ އެއާޕޯޓްގެ މަސައްކަތް ސަރުކާރުން މުޅިން ހުއްޓާލާފައިވާކަމަށް ދައްކާ ވާހަކައަށް ރައްދުދެއްވައި، މިދިޔަ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހު ރައީސް ވިދާޅުވީ، މަގޫދޫ އެއާޕޯޓްގެ މަސައްކަތް 1 އަހަރު ދުވަހުގެތެރޭގައި ނިންމާނެކަމުގެ ޔަގީންކަން ދޭކަމަށެވެ.

ބިންހިއްކުމާއި އެއެއާޕޯޓް ތަރައްޤީކުރަނީ އެމްޓީސީސީއާއި ހަވާލުކޮށްގެންނެވެ. މި މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކުރައްވަމުން އެމްޓީސީސީން ވިދާޅުވީ މިވަގުތު ކުރިއަށްދާ އެންމެ މުހިންމު މަސައްކަތްތަކަކީ ބިން ހިއްކާ ސަރަޙައްދުގައި ނުނިމުހުރި ވެލި އެޅުމުގެ މަސައްކަތްތައްކަމަށެވެ. ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާ ސަރަޙައްދުގައި ބިން ޙިމާޔަތްކުރުމަށް ބޮޑު ހިލަ ޖެހުމުގެ މަސައްކަތްވެސް އެމްޓީސީސީން ވަނީ ކުރިއަށްގެންގޮސްފައެވެ.

HajjCop_ads
Advertisement

އެމްޓީސީސީން ވިދާޅުވީ ޓާމިނަލްގެ އެތެރޭގެ މަސައްކަތްތައްވެސް ފަށައިގެން ކުރިއަށްދާކަމަށެވެ. ޓާމިނަލްގެ މައި ސްޓްރަކްޗަރގެ މަސައްކަތްތައް ނިމިފަވާއިރު މިހާރު ޓާމިނަލްގައި މުށި ޖެހުމުގެ މަސައްކަތް ފަށާފައިވާކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

މުޅި މަޝްރޫޢުއަށް ބަލާއިރު ޓާމިނަލްގެ %48 މަސައްކަތް ވަނީ ނިމިފައެވެ. އަދި ރަންވޭގެ %58 މަސައްކަތް ވަނީ ނިމިފައެވެ. ތާރު ފަށަލަ އެޅުމުގެ ކުރީގެ އެންމެހާ މަސައްކަތްތައް ވަނީ ނިންމާފައެވެ. މީގެއިތުރަށް، ފަޔަރ ބިލްޑިންގްގެ %67 މަސައްކަތް ވަނީ ނިމިފައެވެ.

މި ހުރިހައި މަސައްކަތެއްގައިވެސް މައި ސްޓްރަކްޗަރގެ މަސައްކަތްތައް ނިމިފަވާއިރު، ބާކީ ހިމެނެނީ އިމާރާތުގެ އެތެރެއަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމެވެ. މިހާރު ކަނޑައެޅިފަވާގޮތަށް މަސައްކަތްތައް އަވަސްކުރުމަށް އެ ކުންފުނިން ގެންދަނީ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގައި ތަރައްޤީކުރަނީ 15،000 މީޓަރުގެ ރަންވޭއެކެވެ.

1000މީހުންގެ އާބާދީއެއް އޮންނަ މަގޫދޫގައި ތަރައްޤީކުރާ އެއާޕޯޓަކީ 231 މިލިޔަން ރުފިޔާ ޚަރަދުކުރާ މަޝްރޫޢުއެކެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މޮޅަދޫ އައުޓްޑޯ ވޮލީ ކޯޓުގެ އިލެކްޓްރިކަލް ވަޔަރިންގެ މަސައްކަތް ކުރިއަށްދަނީ

ގަމު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 87 އިންސައްތަ މަސައްކަތް ނިމިއްޖެ

WhatsApp Image 2026 09 07 at 17.51.12

އޮމަދޫ ބަނދަރު ތަރައްޤީކުރުމުގެ %51 މަސައްކަތް ނިމިއްޖެ

HRm9exUbYAACcj

އަމީނީ މަގުގެ ސެގްމެންޓު 1ގައި މި ހަފްތާގައި ތާރުއަޅަން ފަށަނީ