ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ތާވަލާ އެއްގޮތަށް ނިމޭނެ : ސަޢުދީ

B02813ab 7f78 4e65 b9f1 6f69bdb4ece0
Maldivian_Ads
STO_Ads
TTH_Ads
Advertisement

އެމްޓީސީސީން ކުރިއަށްގެންދާ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ އަވަހަށް މަސައްކަތް ނިމި ޚިދުމަތަށް ގެނެވޭނީ ފ. މަގޫދޫ އެއަރޕޯޓު ކަމަށް އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވެއްޖެއެވެ.

“އަހާށޭ ބުނާނަން” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސަޢުދީ ވިދާޅުވީ، މަކުނޫދޫ އެއަރޕޯޓުގެ މަސައްކަތް އަދި ފެށުނީ ކަމަށާއި އަލިފުށީ އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ބިން ހިއްކަންޖެހޭތީ އެ މަސައްކަތް އައު ޑްރެޖަރާއެކު ފެށޭނެ ކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު އެންމެ އަވަހަށް ނިމޭނީ މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މަގޫދޫ އެއަރޕޯޓް މަޝްރޫޢުގެ ބޮޑު އިންސައްތައެއް މިހާރު ވަނީ ނިމިފައެވެ. އެގޮތުން ފަޔަރ ބިލްޑިންގގެ ހުރިހާ މަސައްކަތަކާއި، ޓަރމިނަލް އިމާރާތުގެ ސްޓްރަކްޗަރަލް މަސައްކަތްތައް ވަނީ ނިމިފައެވެ. އަދި ރަންވޭ އަޅާ ސަރަޙައްދު ތައްޔާރުކުރުމުގެ މަސައްކަތްތައްވެސް ވަނީ ފަށާފައެވެ. ސަރުކާރުން 231 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، 30 ހެކްޓަރުގެ ބިން ހިއްކައިގެން 1,500 މީޓަރުގެ ރަންވޭއެއް ތަރައްޤީކުރެއެވެ.

HajjCop_ads
Advertisement

މީގެއިތުރުން، ރަށުގެ ސިނާޢީ އަދި އިޖުތިމާޢީ ބޭނުންތަކަށް ބިން އިތުރުކުރުމާއެކު ޖުމްލަ 48 ހެކްޓަރުގެ ބިން އެމްޓީސީސީން ވަނީ ހިއްކާފައެވެ. މަގޫދޫ އެއަރޕޯޓުގެ ހިންގުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) އާ ހަވާލުކޮށްފައިވާއިރު، މި ދައުރުގެ ތެރޭގައި އެއަރޕޯޓުގެ މަސައްކަތް ނިންމައި ޚިދުމަތަށް ދޭން ފަށާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 10 08 at 09.41.23

އުނގޫފާރު ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށް

WhatsApp Image 2026 10 07 at 20.10.25

ފުނަދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

WhatsApp Image 2026 10 07 at 17.20.52

ބާރަށު ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

7b8e0ef9 cb01 4658 8239 3ab3b1f24bc8

މާޅެންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ބާރަށް ކުރިއަށް