ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަގޫދޫ އެއަރޕޯޓްގެ ގިނަ މަސައްކަތްތަކެއް ނިމިއްޖެ

Screenshot 2025 02 04 210058
TTH_Ads
STO_Ads
Advertisement

ފ. މަގޫދޫ އެއަރޕޯޓް ތަރައްޤޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މުހިންމު ބައިތަކެއް ނިމުމަކާ ކައިރިވެފައިވާކަމަށް މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

2023 ވަނަ އަހަރުގެ ފެށުމުގައި ފަށާފައިވާ މި މަޝްރޫޢުގެ މަސައްކަތް، ވަގުތީ މެދުކެނޑުމަކަށްފަހު، މިދިޔަ އަހަރުގެ ޖުލައި މަހު އަލުން ފެށުނެވެ.

އެމްޓީސީސީގެ މަޢުލޫމާތުގައިވާ ގޮތުން، ރަންވޭގެ އޭބީސީ ލޭޔަރގެ 56 އިންސައްތަ އަދި ޓަރމިނަލް އިމާރާތުގެ 53 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ފަޔަރ ބިލްޑިންގގެ 24 އިންސައްތަ މަސައްކަތްވެސް ވަނީ ފުރިހަމަކުރެވިފައެވެ.

MMA_Ads
HajjCop_ads
Advertisement

މި އެއަރޕޯޓް ތަރައްޤީކުރެވެނީ ރަށުގެ ފަޅުން 30 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އަދި ފުރަތަމަ ރޭވިފައިވާ 1200 މީޓަރުގެ ރަންވޭގެ ބަދަލުގައި، މިހާރު ވަނީ 1800 މީޓަރުގެ ރަންވޭއެއް އެޅުމަށް ނިންމާފައެވެ. މި މަޝްރޫޢަކީ ދިވެހި ސަރުކާރުން 231 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢެކެވެ.

އެއަރޕޯޓުގެ ހިންގުން ހަވާލުކުރެވިފައިވަނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީއާއެވެ. މީގެ އިތުރުން، ސަރުކާރުން ވަނީ ފ. އަތޮޅު ނިލަންދޫގައިވެސް އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައެވެ.

މި މަޝްރޫޢުގެ ދަށުން، ސިނާޢީ އަދި އިޖްތިމާޢީ ބޭނުންތަކަށް ޖުމްލަ 48 ހެކްޓަރުގެ ބިން އެމްޓީސީސީން ހިއްކާނެއެވެ. އަދި 3300 އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިމާޔަތްކޮށް، ބޮޑުހިލައިން ރިވެޓްމަންޓް ޖެހުމަށްވެސް ވަނީ ރޭވިފައެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީއާ ހަވާލުކޮށްފި

L 2023 05 11 121802 Tcw62eozps1dhuqagxlib4r5k78jvm3nfy9 En

ރައީސް ނިންމެވުމާ އެއްގޮތަށް އާރު.ޓީ.އެލް ދަތުރުތައް ހއ. ތަކަންދޫ އަދި ހއ. މާރަންދޫއަށް އަންގާރަ ދުވަހު ފަށާނެ