ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގައި ޝީޝާ މަނާކުރަން ދަނީ މަޝްވަރާކުރަމުން: ނާޒިމް

WhatsApp Image 2026 03 05 at 13.42.57
STO_Ads
TTH_Ads
Advertisement

ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތަކެއް ކަށަވަރުކުރުމަށްޓަކައި ރާއްޖޭގައި ޝީޝާ މަނާކުރަން މަޝްވަރާކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ ޝީޝާ މަނާކުރުމުގެ އިތުރުން ހަކުރަށް ދޭ ސަބްސިޑީ ކަނޑާލައި ހަކުރުން ޓެކްސް ނެގުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގައި ޝީޝާ މަނާކުރުމަށް ސިއްހީ ދާއިރާގެ މާހިރުން އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ. އަދި ހަކުރު ބައްޔަކީ ރާއްޖޭގައި ރާއްޖޭގައި އާންމުވަމުން އަންނަ ބައްޔަކަށްވާއިރު، އެ ބަލިން ރައްކާތެރިކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ސިއްހީ ދާއިރާގެ މާހިރުން ވިދާޅުވެއެވެ.

MMA_Ads
HajjCop_ads
Advertisement

މިނިސްޓަރު ނާޒިމް ވިދާޅުވީ ސަރުކާރުން މިފަދަ ކަމެއްގައި ނިންމުމެއް ނިންމާނީ ކަމާބެހޭ އެންމެހައި ފަރާތްތަކާ މަޝްވަރާކުރުމަށްފަހު، އެކަމެއް ކުރުމަށް އެންމެ އެކަށީގެންވާ ވަގުތުގައި ކަމަށެވެ.

ސިއްހީ ދާއިރާގެ އެތައް ބަޔަކު އެދެމުން ދަނިކޮށް ސަރުކާރުން ވަނީ ރާއްޖޭގައި ވޭޕް ވެސް މަނާކޮށްފައެވެ. މިކަމާ ގުޅިގެން ސިއްހީ ދާއިރާގެ ގިނަ ބޭފުޅުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތައުރީފް ކުރައްވާފަ އެވެ.

ދުންފަތާ ދެކޮޅަށް ވެސް ޖެހިލުންކުޑަކަމާއެކު އެންމެ މުހިންމު ފިޔަވަޅު އެޅުއްވީ ރައީސް ޑރ. މުއިއްޒެވެ. އެ ފިޔަވަޅަކީ 2000 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އުފަންވެފައިވާ އެންމެން ދުންފަތުގެ އިސްތިއުމާލުކުރުން ގާނޫނީގޮތުން މަނާކުރުމެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

އާބާދީ މަދު ރަށްރަށުގެ ސިއްހީ ޚިދުމަތް ވެސް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން: ނާޒިމް

ގައުމަށް ހިދުމަތް ކުރުމުގެ ވިސްނުމެއް އިދިކޮޅު ފަރާތްތަކުން ނުގެންގުޅޭ: ނާޒިމް

Mussss

ސަރުކާރުގެ ބޭސް ކުންފުނިން ބޭސް އެތެރެކޮށް ރަށްރަށް ފޮނުވަން ފަށައިފި

Ii

ދ. އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފި